ads
މުބާރާތުގެ ގުރުއަތު ނެގުމުގެ ތެރެއިން - މޭޔަރު: ފޮޓޯ: ސިޓީ ކައުންސިލް
ކުޅުދުއްފުށީ ޗެމްޕިއަންޝިޕް މާދަމާ ފަށަނީ
ކުޅުދުއްފުށީގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް "ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2022" މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ.

މިއީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެކެވެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ކަނޑައެޅިފައިވާ މި މުބާރާތުގައި ވާދަކުރަނީ 5 ޓީމަކުންނެވެ. 

އެއީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި)، ކުލަބް ކޮރަލްސް، ޒިގްޒެގް ފޯ ޔޫތް ލިންކޭޖްގެ އިތުރުން ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި މާއްޓޭ ސްޕޯޓްސް އެވެ 

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022 ފެށުމުގެ ގޮތުން މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާއްޓޭ ސްޕޯޓްސް އާއި ކްލަބް ކޮރަލްސް އިންނެވެ. 

މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ، ކުޅުދުއްފުށީ ސްޓޭޑިއަމްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް