ads
ދިއްލީ ފުލުހުން
އަނބި މީހާ ކޮށާލައި ބެރަކަށް ލާފައި އޮއްވާ ފެނިއްޖެ
އިންޑިއާގެ ހައިދުރައާބާދުގައި ފިރިހެނަކު އޭނާގެ އަންހެނުން ކޮށާލައި ބެރަކަށް ލާފައި އޮއްވާ ފެނިއްޖެއެވެ.

އަނބިމީހާ ބެރަކަށް ލާފައި އޮއްވާ ފެނުނީ ގޭގެ ކުލި ނުދައްކައިގެން ގޭގެ ވެރިފަރާތުން ދޮރު ވައްޓާލައި ވަތް ތަނުންކަމަށް އިންޑިއާ ފުލުން ވަނީ ބުނެފައެވެ. 

ފުލުހުން ބުނަނީ އަންހެން މީހާގެ ހަށިގަނޑު އެ ގޭތެރޭގައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެދާނެކަމަށެވެ. 

ވިސާކަޕަޓްނަމް ސިޓީގެ ޕޮލިސް ކޮމިޝަނަރު ސީއެޗް ސްރީކަންތު މި ހާދިސާ ކިޔާދެމުން ހޯމަ ދުވަހު ވިދާޅުވީ، އަންހެން މީހާ މަރާލާފައިވާ ގެ ކުއްޔަށް ހިފި މީހާ ކުއްލިއަކަށް ގެއްލުނީ އޭނާގެ އަނބިމީހާ ބަނޑުބޮޑު ކަމަށް ބުނުމަށް ފަހު ކަމަށެވެ. 

އެއް އަހަރު ދުވަސް ފަހުން ގޭގެ ވެރިފަރާތުން ދޮރު ވައްޓާލާފައި ވަނީ އެތަނުގައި ކުރިން ދިރިއުޅުނު މީހުން ގެންގުޅު ތަކެތި ނެރެ ގެ ހުސްކުރުމަށް ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ. 

ފުލުހުން ތުހުމަތު ކުރާގޮތުގައި ބެރު ތެރޭގައި އޮތީ އެ ގެ ކުއްޔަށް ހިފި ފިރިހެން މީހާގެ އަންހެނުންނެވެ.މި މީހުންގެ ވަނަވަރެއް އިންޑިއާ ފުލުހުން އަދި އާންމެއް ނުކުރެ އެވެ. އަދި އެއްވެސް މީހަކުވެސް އަދި ހައްޔަރެއް ނުކުރެ އެވެ. 

މިދިޔަ މަހު އިންޑިއާގެ ދިއްލީ ފުލުހުން ވަނީ އެކުގައި އުޅުނު ލޯބިވެރިއާ މަރާލައި 35 ބަޔަށް ބަހާލައި ލޯބިވެރިޔާގެ ހަށިގަނޑުގެ ބައިތައް އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އެކި މަގުތަކަށް އަޅަމުން ދިޔަ މީހަކު ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރު ކުރުމުން މިފަދަ އެތައް ކޭސްތަކެއް އަންނީ ފެންމަތިވަމުން ނެވެ.  

މިގޮތުން މިދިޔަ ހަފްތާގެ ތެރޭގައި އިންޑިއާ ފުލުހުން ވަނީ އެކުގައި ދިރިއުޅުނު އަންހެނަކު 70 ބަޔަށް ކޮށައިލާނެކަމަށް ބުނެ ބިރު ދެއްކި ފިރިހެނެއް ވެސް ހައްޔަރުކޮށްފަ އެވެ.

35%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް