ads
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޤާނޫނު ކިޔަވާ ކުދިންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމަށް އެދިއްޖެ!
ޤާނޫނު ކިޔަވާ ކުދިންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަދައިގެންފި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޤާނޫނީ ދާއިރާއިން ރާއްޖޭގައި ކިޔަވާ ކުދިންގެ ގިނަ ޝަކުވާތަކެއް އެމަނިކުފާނަށް ލިބިފައިވާ ކަމަށެވެ. 

ވަކީލުކަން ކިޔަވާ، ނުވަތަ ގާނޫނީ ޝަރީއާ އެންޑް ލޯ ޔުނިވާސިޓީން ހަދާފައި އެކުދިންނަށް އެ ޔުނިވާސިޓީ ނިމުމަށްފަހު އަދި ވަކާލާތު ކުރުމުގެ ފުރުސަތު ފަހިވެގެނެއް ނުދޭ."

ރައީސް ނަޝީދު ވިދާޅުވީ އެގޮތަށް އެކަން ހަމަޖެހިފައި މިހާރު އޮތީ އެއީ ދުނިޔޭގެ އެހެން ތަންތަނުގައިވެސް އެކަން ކުރަމުން އަންނަ ގޮތަށް ވުމުގެ ސަބަބުން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ޝަރީއާ އެންޑް ލޯގެ ޑިގްރީ އެއް ހެދިކަމުގައި ވީނަމަވެސް ވަކާލާތު ކުރުމުގެ މަސައްކަތަކީ މުޅިން އެހެން މަސައްކަތެއް ކަމަށެވެ. އަދި ވަކާލާތު ކުރުމަށް ވަކި އިމްތިހާނެއް ހަދަންޖެހޭ ކަމަށާއި، އަދި ބާ ކައުންސިލުން އެ ކުދިންނަށް އެ ފުރުސަތު ފަހިކޮށްދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.

ޤާނޫނީ ފަންނުގެ ބިލަށް މިދިޔަ އަހަރު އަމަލުކުރަން ފަށާފައިވާއިރު ރައީސް ނަޝީދު ވިދާޅުވީ، އަދިވެސް އެކުދިންނަށް ދޭންޖެހޭ އިމްތިހާނު ހަމަޖެހިފައި ނުވާކަމަށެވެ. ގާނޫނާއި ގުޅޭ ގަވައިދުތައް ހެދުމަށް ބާކައުންސިލަށް ތިން މަސްދުވަސް ދީފައިވާއިރު އެކަން ވެފައިނުވާކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ބާ ކައުންސިލްގެ ވެސް ޝަކުވާތަކެއް އެބަހުރި ކަމަށެވެ. 

ޤާނޫނު ކިޔަވާ ކުދިންގެ ޝަކުވާތަކަށް ޖުޑިޝަރީ ކޮމިޓީގައި ގިނަ މަސައްކަތްތަކެއް ކުރެވޭކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ޖުޑިޝަރީ ކޮމިޓީން ބާ ކައުންސިލާވެސް މަޝްވަރާ ކޮށްފައިވާކަމަށެވެ. 

އަދި ރައީސް ނަޝީދު ވަނީ ޤަނޫނު ކިޔަވާ ކުދިންގެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް ޖުޑަިޝަރީ ކޮމިޓީގައި އެދިލައްވާފައެވެ. 

43%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް