ads
ދިރާގުން ފައިބާ އަންލިމިޓެޑްވަނީ އިފްތިތާހްކޮށްފައި
ދިރާގުން ފައިބާ އަންލިމިޓެޑް ހޯމް ޕެކޭޖްތައް
ދިރާގުން މުޅިން އައު ފައިބަ އަންލިމިޓެޑް ހޯމް އިންޓަނެޓް ޕެކޭޖަތަކެއް ތަޢާރަފްކޮށްފިއެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިރާގުގެ މެނޭޖަރު ކޮންސިއުމަރ ޕޯސްޓްޕެއިޑް އެފް.ބީ.ބީ، ޖަނާ އިބްރާހިމް ވިދާޅުވީ، "ކަސްޓަމަރުންގެ ބޭނުންތަކައި އެއްގޮތަށް ޕްރޮޑަކްޓް ޕޯޓްފޯލިއޯ ފަރުމާކޮށް، އެ ފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ މުއްސަނދި ކުރުމަށް އިތުރު ވެލިއު އޮޕްޝަންތައް ފޯރުކޮށްދިނުމަށް އަބަދުވެސް ދިރާގުން ދަނީ މަސައްކަތް ކުރަމުން. މި ފައިބަރ އަންލިމިޓެޑް ޕެކޭޖްތަކާއެކު ކަސްޓަމަރުންގެ އިތުރުވަމުންދާ ޑިޖިޓަލް ބޭނުންތަކަށް އެންމެ ހަލުވި ސްޕީޑްގައި އަންލިމިޓަޑް ހޯމް އިންޓަނެޓް ތަޖުރިބާކޮށްލެވޭނެ."    

ދިރާގު ފައިބަރ އަންލިމިޓެޑްގެ ދެ ޕެކޭޖެއް މިއަދު ވަނީ ތަޢާރަފްކޮށްފައެވެ. އެއީ ފައިބަރ 50އެމް އަންލިމިޓެޑް ޕެކޭޖް، 1490 ރުފިޔާއަށް އަދި ފައިބަރ 100އެމް އަންލިމިޓެޑް ޕެކޭޖް 2800 ރުފިޔާއަށެވެ. ފައިބަރ 50އެމް ޕެކޭޖަށް ސަބްސްކްރައިބްކޮށްފައިވާ ކަސްޓަމަރުން މިހާރުވާނީ އެއްވެސް އިތުރު ޚަރަދަކާއި ނުލައި ފައިބަރ 50އެމް އަންލިމިޓެޑް ޕެކޭޖަށް އަޕްގްރޭޑްކުރެވިފައެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބަރ ގުޅައިދިނުމުގެ އިތުރުން ފައިބަރ އަށް ބޭނުންވާ ޚާއްސަ ރައުޓަރ ނުވަތަ އޯ.އެން.ޓީ ވެސް ޑިސެންބަރު 2022 ގެ ނިޔަލަށް ހިލޭ ލިބިގެންދާނެއެވެ. އަދި އަލަށް ދިރާގު ފައިބަރ އަންލިމިޓެޑްއަށް އެޕްލައިކުރަން ބޭނުންވާ ފަރާތްތަކަށް ދިރާގު މައިއެކައުންޓް ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު އެޕްލައިކޮށްލެވޭނެއެވެ.  

އިތުރު މައުލޫމާތު ހޯދުމަށް http://bit.ly/3VXzbwD

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯކްއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 102 ރަށެއް ހިމެނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް