ads
8 އަހަރުގެ ކުއްޖަކު ވަޅެއް ތެރޭ ތާށިވެފައި އޮންނަތާ 16 ގަޑިއިރު
8 އަހަރުގެ ކުއްޖަކު ވަޅެއް ތެރޭ ތާށިވެފައި އޮންނަތާ 16 ގަޑިއިރު
އުމުރުން އެންމެ އަށް އަހަރުގެ ތުއްތު ކުއްޖެއް ފުން ވަޅުގަނޑެއް ތެރޭ ތާށިވެފައި އޮންނަތާ 16 ގަޑިއިރަށް ވުރެ ގިނަ އިރު ވެއްޖެ އެވެ.

އިންޑިއާގެ މަދްޔަޕްރަދޭޝްގެ އަވަށެއްގައި ދިރިއުޅެމުން ދާ ތަންމޭ ސާހޫ ކިޔާ މި ފިރިހެންކުއްޖާ ވަޅުގަނޑަށް ވެއްޓިފައިވަނީ، އިއްޔެގެ ހަވީރުގެ ވަގުތެއްގައި ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. އެކުއްޖާ ވެއްޓިފައިވަނީ، 400 ފޫޓުގެ ފުން މިނުގައި ހުރި ވަޅުގަނޑަކަށް ކަމަށްވެސް ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

އެ ކުއްޖާ ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން އަންނަނީ އެކުއްޖާ އަށް އޮކްސިޖެން ފޯރު ކޮށްދެމުންނެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެ ކުއްޖާގެ ހާލަތާއި ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައި ނުވެ އެވެ. 

"ކުއްޖާ އޮތް ކަމަށް މި ބެލެވެނީ، ވަޅުގެ 60 ވަރަކަށް ފޫޓުގަ. އެހެން ނަމަވެސް ކުއްޖާ އަވަހަށް ސަލާމަތް ނުކުރެވިއްޖެނަމަ ކުއްޖާ އިތުރަށް އަޑިއަށް ގޮސްދާނެ ކަމަށް ބެލެވޭ. ކުއްޖާ އޮތް ވަޅުގެ ހާލަތު އެހާ ރަނގަޅެއް ނޫން." ކުއްޖާ ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތްތަކާއި ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

ނޫސްތަކުގައި އިތުރަށް ބުނެފައިވަނީ، ކުއްޖާ ވެއްޓިފައިވަނީ، ފެން ހޯދުމަށް ކޮނެފައި ހުރި ވަޅަކަށް ކަމަށާއި، ކުއްޖާ ވެއްޓުނީ އެކުވެރިންނާއި އެކު ކުޅެން އުޅުމުގެ ތެރޭގައި ކަމަށެވެ. 

އަދި ކުއްޖާ ވަޅުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓާ ނުލާ ކުރަމުން އަންނަ ކަމަށާއި، ކުއްޖާ ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
28%
ސަތޭކައަކުން ސުމެއް
56%
ވަރަށް ސަލާމް
ކޮމެންޓްސް