ads
ފުލުހުން އޮޕަރޭޝަނެއްގައި
ފުލުހެއްގެ ގައިގައި ދަތް އެޅި މީހަކު ދޮޅު އަހަރަށް ޖަލަށް
ފުލުހެއްގެ ގައިގައި ދަތް އެޅި ދިވެހި ފިރިހެނަކު ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފައިވަނީ ކ. ތުލުސްދޫ ކަރަންކާގޭ އިބްރާހީމް ޝަރީފުގެ މައްޗަށެވެ.

މިއީ މި އަހަރުގެ ޖަނަވަރީ މަހުގ ހިނގި ހާދިސާއެކެވެ. ވިލިމާލޭން މި މީހާ ހުއްޓުވައި އޭނާއަކީ ކާކުކަން އަންގައިދިނުމަށް ފުލުހުން އެދުމުން، ނުކިޔަމަންތެރިކަން ދައްކައި، މީނާ ބަލައި ފާސް ކުރަން ފެށުމުން ސީނިއާ ސާޖެންޓެއްގެ ކަނާތުގެ ކިހިލަފަތް ކައިރީގައި މި މީހާ ދަތް އެޅިއެވެ. އޭނާ ދަތް އެޅުމުގެ ސަބަބުން ފުލުސް މީހާގެ ކިހިލަފަތް ދަށުން ކަނޑައިގެންގޮސް ފަރުވާވެސް ހޯދަން ޖެހުނު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

މި މީހާވަނީ ދައުވާއަށް ޝަރީއަތުގައި އިންކާރުކޮށްފައެވެ. އޭނާ ދަތް އެޅިކަމަަށް އިންކާރުކޮށް އޭނާ ބުނެފައިވަނީ އޭނާގެ ކަރުގައި ފުލުހުން ހިފީ ކަމަށެވެ. އެހެންނަމަވެސް މި މައްސަލައިގައި އޭނާގެ ދިފާއުގައި ހެކި ހުށަހަޅަން ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ. 

މި މައްސަލައިގެ ކުށް ސާބިތުވުމުން، ދަތް އެޅި މީހާ ޝަރީއަތުގައި އެދުނީ ވީހާވެސް ލުއި އަދަބެއް އޭނާއަށް ދިނުމަށެވެ. މި ކުށުގެ އަދަބެއް ކަމަށް ކޯޓުން ހުކުމް ކުރީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލުހުކުމެކެވެ. އެހެންނަމަވެސް އަދަބު ލުއިކޮށް، އޭނާއަށް އިއްވީ ދެ އަހަރާއި 10 މަސް ދުވަހަށް ގޭ ބަންދު ކުރުމަށެވެ. މި ހުކުމް އިއްވީ މިސްބާހު ގާޒީއެވެ. 

ފުލުހަކަށް ހަމަލާ ދީގެން މިދިޔަ މަހު ފަހުކޮޅުވެސް މީހަކު ދޮޅު އަހަރެއްހާ ދުވަހަށް ޖަލަށްލާން ހުކުމް ކުރިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް