ads
ލޭ ހޮޅިއެއް ބެދޭކަމުގެ ބައެއް ނިޝާންތައް
ލޭ ހޮޅިއެއް ބެދޭކަމުގެ ބައެއް ނިޝާންތައް
ލޭ ހިނގާ އާޓްރީތައް ބެދުމަށް އާންމުކޮށް ލޭ ހޮޅި ބެދުމޭ ކިޔައެވެ.

ހަށިގަނޑުގެ ތަނަކަށް އަނިޔާވުމުން ނުވަތަ ކަނޑައިގެން ދިއުމުން, ގުދުރަތީގޮތުން އެތަނެއް ބެދުމަށް "ބްލަޑް ކްލޯޓިން" އޭ ކިޔައެވެ.

މި ނިޒާމަކީ ގުދުރަތީގޮތުން އުފެދިފައިވާ ދިފާއީ ނިޒާމެކެވެ. ހަށިގަނޑުގެ އެއްވެސް ތަނަކަށް އަނިޔާއެއް ވުމުން ހަށިގަނޑުގެ އެތަނެއް ބައްދައިލުމަށް ޕްލެޓްލެޓްތަކާ ޕްރޮޓީން ތަކާ ސެލްތައް އެކުވެގެން ތަތް ޖެލް އެއް އުފައްދައެވެ. އެ ޖެލްގަނޑު ފާރުގަނޑުގައި އުނގުޅި ބައްދާލައެވެ.

މިގޮތަށް އާޓްރީއަށް ލޭ ދައުރުވާން ހުންނަ ހޮޅިތައް ވެސް ބައެއް ފަހަރު މި ނިޒާމުން ބައްދާލުމަކީ ގުދުރަތީކަމެކެވެ. ނަމަވެސް ލޭ ހޮޅިތައް އޭގެ ޒާތުގައި މި ކްލޯޓުތައް (ބެދުންތައް) ފިލުވާލައެވެ. ނަމަވެސް އެ ކްލޯޓުތައް އަމިއްލައަށް ނުފިލުވާނަމަ އެއީ ސީރިއަސް މައްސަލައެކެވެ.

your imageބްލަޑް ކްލޯޓިން

ލޭހޮޅިތަކުގައި އުފެދޭ ކްލޮޓް ތަކަކީ 'އާޓިރިއަލް ކްލޮޓްސް' ގެ ނަމުން މަޝްހޫރު އެއްޗަކެވެ.

ކޯވިޑް-19 ޖެހުމުގެ ފަހުން ކުރާ އެއް ނޭދެވޭ އަސަރަކީ ލޭގައި މި ގޮތައް ބެދުމުގެ ބާރު އިތުރުވުމުގެ ސަބަބުން 'އާޓްރިއަލް ކްލޮޓްސް' ގެ ނުރައްކާ އިތުރުވެ ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ބޮޑުވުމެވެ.

ކޯވިޑް-19 ޖެހުމަށްފަހު އޭގެ ފަހުން ކުރާ އަސަރުތަކާ ބެހޭ ދިރާސާއަކުން ދައްކާ ގޮތުގައި ވައިރަސް ޖެހުނު މީހުންނަށް އޭގެ އަހަރެއްހާ ދުވަސް ފަހުން ނުރައްކާތެރި 'އާޓްރިއަލް ކްލޮޓްސް' ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.

your imageލޭ ހޮޅިއެއް ބެދޭކަމުގެ ބައެއް ނިޝާންތައް

އެހެން ދިރާސާތަކުން ވެސް އެއްބަސްވެފައިވަނީ ކޯވިޑް-19 ޖެހުމަށް ފަހު ގުޅުންހުރި މައްސަލަތަކެއް ދިމާވެއެވެ އެގޮތުން - ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވެއެވެ.

އާޓްރީ ތަކުގައި އުފެދޭ މިފަދަ ކްލޮޓް 'އާޓިރިއަލް ތްރޮމްބޮސިސް' ކިޔާއިރު، މިއީ ހިތަށް ނުވަތަ ސިކުނޑިއަށް ލޭ ދައުރުވުން ހުއްޓުވާފާނެ ނުރައްކާތެރިކަމެކެވެ.

ލޭހޮޅިއެއްގެ ސަބަބުން ހިތުގެ މަސްގަނޑުގައި ހުންނަ ލޭހޮޅިތައް ބަންދުވެއްޖެނަމަ ހާޓް އެޓޭކް ޖެހިދާނެއެވެ. ސިކުނޑީގައި ލޭހޮޅިތައް ބަންދުވުމުން ސްޓްރޯކް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

"ތިބާގެ ލޭހޮޅިތަކުގައި ކްލޮޓް ޖެހިދާނެ، އެ ލޭގައި އޮކްސިޖަން ހިތުން ހަށިގަނޑުގެ ހުރިހާ ސެލްތަކަށް ގެންދެވޭ ނިޒާމައް ބުރޫއަރާކަމެއް. އޭގެ ނަތީޖާ ހަގީގަތުގައި ވެސް ސީރިއަސް ވެދާނެ. އެއީ ހިތާއި ފުއްޕާމޭ ނުވަތަ ސިކުނޑިއަށް އޮކްސިޖަން ފޯރުނުކޮށްދޭނެކަމެއް. ހާޓް އެޓޭކެއް ނުވަތަ ސްޓްރޯކެއް ފަދަ ފުރާނައަށް ނުރައްކާވާ ކުއްލި ހާލަތެއް މެދުވެރިކުރުވާކަމެއް،" ނިއުޓްރިޝަނިސްޓް ކަރިޝްމާ ޝާހު ދާދި ފަހުން އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ލޭހޮޅި ބެދޭ ކަމުގެ ބައެއް ނިޝާންތައް:

1. ހަމުގެ ކުލަ ބަދަލުވުން

އަތްތިލަ ނުވަތަ ފައިގައި ހުންނަ ލޭނާރުތަކުގެ ލޭހޮޅިއެއް ބެދިއްޖެ ނަމަ އެ ލޭނާރުތައް ކަޅު ނުވަތަ ރަތްކުލައިން ފެނިދާނެ އެވެ. ހަންގަނޑު ވެސް އޭގެ ފަހުން ލޭހޮޅިތަކަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ކުލަ ގެއްލިދާނެ އެވެ. ފުއްޕާމޭގައި ހުންނަ އޭޕީއީ އިން ހަންގަނޑަށް ނޫކުލަ އަރައި ކުރަކުވެ ރޫވެސް ޖެހިދާނެއެވެ.

2. ދުޅަވުން

ލޭހޮޅިއެއްގެ ސަބަބުން ލޭ ދައުރުވުން މަޑުޖެހިގެން ނުވަތަ ހުއްޓުމަކަށް އައުމުން ލޭހޮޅިގައި ޖެލްތައް ޖަމާވެ ދުޅަވެދާނެ އެވެ. އަތްތިލަ ނުވަތަ ބަނޑުގައި ވެސް ލޭހޮޅިއެއް ދުޅަވެފައި ހުރެދާނެ އެވެ. ކްލޮޓް ފިލައިގެންދިއުމުން ވެސް ފަހުން ދުޅަވެ ރިއްސުމާއި ކުރިމަތިލާންޖެހެއެވެ. މިހެންވަނީ ލޭ ހޮޅުތަކަށް ލިބިފައިވާ ގެއްލުމުގެ ސަބަބުންނެވެ. ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކު މިގޮތައް ފަހުން ވެސް ރިއްސުމާ ކުރިމަތިލާންޖެހެއެވެ.

3. ތަދުވުން

ކުއްލިއަކަށް މޭގައި ގަދައަށް ރިއްސުމުގެ މާނައަކީ ލޭހޮޅި ފަޅައިގެން ގޮސްފައިވާ ކަމެވެ. ނުވަތަ ލޭހޮޅިތަކުގައި ކްލޯޓެއް ޖެހިގެން ހާޓް އެޓޭކެއް ޖެހުމުގެ ނިޝާނަކަށް ވެސް ވެދާނެ އެވެ. އެހެން ކަމަށްވާނަމަ އަތްތިލައިގައި ވެސް ރިހުން އިހުސާސް ކުރެވޭނެއެވެ. ހާއްސަކޮށް ކަނާތް ފަރާތުގައި ރިހުން އިހުސާސް ކުރެވިދާނެ ކަމަށެވެ.މިފަދަ ކަމެއް ދިމާވެއްޖެނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރީ ފަރުވާ ހޯދާށެވެ.

4. ނޭވާލާން އުނދަގޫވުން

މިއީ ސީރިއަސް އަލާމާތެކެވެ. އެއީ ފުއްޕާމޭގައި ނުވަތަ ހިތުގައި ލޭހޮޅިއެއް ކްލޮޓްވެފައިވާ ކަމުގެ ނިޝާނަކަށް ވެދާނެއެވެ. ހިތުގެ ތެޅުން ވެސް އިތުރުވެދާނެއެވެ. ނުވަތަ ހޭވެސް ނެތިދާނެއެވެ.

your imageލޭ ހޮޅިއެއް ބެދޭކަމުގެ ބައެއް ނިޝާންތައް

މި ނުރައްކަލުން ސަލާމަތް ވުމަށް ގަވާއިދުން ހިނގުން އަދި މަޑުމަޑުން ފެތުން ފަދަ ކަޝްރަތުކުރުމާއި ތަރުކާރީ އަދި މޭވާގެ ބާވަތްތައް ކެއުން ބުއިމުގައި އިތުރުކުރުމާއި, ސަރުބީ އާއި ކޮލެސްޓްރޯލް ހިމެނޭ ބާވަތްތަކުން ވީހާވެސް ދުރުވުން މުހިންމެވެ.

އެމީހެއްގެ ކާނާގެ ޕްލޭނެއް އެކުލަވާލުމަށް ޑައިޓްރީޝަނެއްގެ އެހީ ހޯދުން މުހިންމެވެ. 

73%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް