ads
ފިނޭންސް މިނިސްޓަރ އަމީރު
ބަޖެޓް މައްސަލައިގައި އަމީރު ގޮވައިގެން ސުޕްރީމް ކޯޓަށް
ފާސްކުރި ބަޖެޓަށްވުރެ އިތުރަށް ހަރަދުކޮށްފައިވާ ކަމަށް ބުނެ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ދެކޮޅަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.

ފިނޭންސް މިނިސްޓަރު ގާނޫނާ ހިލާފުވި ކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ވަކީލް އަސްއަދު ޝަރީފާއި ވަކީލް އިބްރާހިމް ރަމީޒެވެ. މި މައްސަލަ މިދިޔަ ހަފްތާގައި ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް އެ ކޯޓުން މައްސަލަ ބަލައިގަތުމާމެދު އަދި ވަކި ގޮތެއް ނުނިންމައެވެ. ސުޕްރީމް ކޯޓު މި ވަގުތު އޮތީ ރިސެސްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް ސަރުކާރުން ހަރަދު ކޮށްފައިވާކަން ހާމަވެފައިވާތީއެވެ. ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރަން ސަރުކާރުން މަޖިލީހުގައި އެދުނުއިރު، އެ ހަރަދުތައްކޮށް ނިންމާފައިވާކަން ހާމަވެފައިވާ ކަމަށް މައްސަލަ ހުށަހެޅި ފަރާތްތަކާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

މި އަހަރުގެ ބަޖެޓް ފޫބައްދަން 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން ހުށަހެޅީ އަންނަ އަހަރަށް ލަފާކުރާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓާ އެއްކޮށެވެ. އެ މައްސަލާގައި މަޖިލީހުގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެ، އިންކުއަރީއެއް ހަދަން ވެސް ބައެއް މެމްބަރުން ހުށަހެޅުއްވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް