ads
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު
ނުހައްޤު މުއްސަނދިކަން ހޯދާފައިވާތީ 1.1 މިލިއަން ރުފިޔާ ހޯދުމަށް ޖިހާދާއި ދެކޮޅަށް ދައުވާ ކޮށްފި
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ އަތުން 1.1 މިލިއަން ރުފިޔާ ހޯދުމަށް ދައުލަތުން ދައުވާ ކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމަނިކުފާނުގެ ނައިބު ކަން ކުރައްވާފައިވާ ޖިހާދާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުލަތުން ދައުވާކޮށްފައިވަނީ ނައިބު ރައީސްގެ މަގާމުގެ ހައިސިއްޔަތުން ދީފައިވާ ރެހެނދި ފްލެޓްގެ އެޕާޓްމެންޓްގައި، އެ ހައިސިއްޔަތު ގެއްލުނު ފަހުންވެސް ހުރި މައްސަލައިގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިހާދަށް މަގާމުގެ ހައިސިއްޔަތުގެ ސަބަބުން ރެހެނދި ފްލެޓުން ދެ އެޕާޓްމެންޓެއް ދީފައިވެއެވެ. 

އެގޮތުން ނައިބު ރައީސްގެ މަގާމު ގެއްލުނު ފަހުންވެސް ރެހެނދި ފެލެޓް ގައި އެއް އަހަރާއި ތިން މަސްދުވަހު ހުރި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އެތަން ދޫކޮށްފައިވަނީ 17 ފެބްރުއަރީ 2020 ގައެވެ. އަދި ދައުވާ ކޮށްފައިވަނީ އެ މުއްދަތުގެ ކުއްޔާއި މެއިންޓެނަންސަށްވާ ފައިސާ ހޯދުމަށްކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ޖިހާދާއި ދެކޮޅަށް ދައުވާ ކޮށްފައިވަނީ، ޖުމުލަ 1،109،227.36 ރުފިޔާ ހޯދުމަށެވެ. 

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، ޖިހާދާއި ދެކޮޅަށް ދައުވާ ކޮށްފައިވަނީ މަގާމުގެ ހައިސިއްޔަތެއް ނެތި ދައުލަތުގެ މުދަލެއް ބޭނުންކޮށް ނުހައްޤު މުއްސަނދިކަމެއް ހޯދާފައިވާތީ އެކަމުގެ ބަދަލު ހޯދުމުގެ ގޮތުންކަމަށެވެ.

68%
ކަމުގޮސްފި
26%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް