ads
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު
ހައުސިން މިނިސްޓަރު މިހާރުން މިހާރަށް އިސްތިއުފާދޭންޖެހޭ: ބޮންޑާ
ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ގޮވާލައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އެއްމެދު އިމާރާތުގެ ބިލަށް ވާހަކަ ދައްކަވަމުން މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، މާލޭގެ އެތައް ރައްޔިތަކު ބޯހިޔާވަހިކަން ބޭނުންވެފައި އެބަތިބި ކަމަށެވެ. އަދި އާދައިގެ ފްލެޓެއް ވެސް ރައްޔިތުންނަށް  ނުލިބިގެން އުޅޭކަމަށް ވިދާޅުވި އެވެ. 

"މިހާރުން މިހާރަށް އެބަޖެހޭ ހައުސިން މިނިސްޓްރީގެ މިނިސްޓަރު އިސްތިއުފާން ދޭން. ރައީސުލްޖުމްހޫރިއްޔާ އޮތީ އެ މަސްއޫލިއްޔަތު އެ ވަޒީރާއި ހަވާލުކޮށްފައި. އެކަން ކުރަން އަންގާފައި. ރައީސުލްޖުމްހޫރިއްޔާ އަމުރުކުރުމުން އެކަން ތަންފީޒު ކުރަންޖެހޭނެ."

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލެއް ނުލިބި އޮތީ ހައުސިން މިނިސްޓަރުގެ އިހުމާލުން ކަމަށް ވިދާޅުވި އެވެ. މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ރައްޔިތުން ވޯޓު ދިނީ ރައީސަށް ކަމަށާއި އެހެން ނަމަވެސް ރައީސް ބޭނުންވާ ވަޒީރުން އައްޔަނު ކުރުމުގެ އިހުތިޔާރު އެމަނިކުފާނަށް ނެތް ކަމަށް ވިދާޅުވި އެވެ. 

ހައުސިން މިނިސްޓަރުގެ އިސްތިއުފާއަށް މެމްބަރު އިބްރާހިމް ރަޝީދު ގޮވާލެއްވި އިރު، އިއްޔަ ކުރިއަށްދިޔަ މަޖިލީހުގައި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް ވަނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިސްތިއުފާއަށް ގޮވާލައިފައެވެ. 

ހައުސިން މިނިސްޓަރު އާތިފާ އާއި ފިޝަރީޒް މިނިސްޓަރު ޒަހާ އަކީ އެމްއާރްއެމްގެ ސްލޮޓްގައި ވަޒީރުންގެ މަޖިލީހުގައި ތިއްބެވި ބޭފުޅުންނެވެ. 

42%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް