ads
ރޭ ހިނގި އެކްސިޑެންޓުގެ ފޮޓޯއެއް--
ރޭ އެކްސިޑެންޓުވި ދެ ސައިކަލު ދުއްވި މީހުންގެ އަތުގައި ވެސް ލައިސެންސެއް ނެތް!
ރޭ ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން ތިބި ދެމީހުންގެ އަތުގައި ވެސް ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
ރޭ ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން ތިބި ދެމީހުންގެ އަތުގައި ވެސް ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ރޭ ނިރޮޅުމަގުން އުތުރުން ދެކުނަށް ދުއްވާދައި ދިޔަ ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ޔޫ ޓާން ނަގަން އުޅުމުގެ ތެރޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއްވި ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 22:41 ގައި ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓުގައި އެތަނުން އެއް ސައިކަލު ދުއްވަން އިން 39 އަހަރުގެ ދިވެހި އަންހެނަކާއި އޭނާގެ ފަހަތުގައި އިން 40 އަހަރުގެ އަންހެނަކަށް އެކި ވަރުގެ އަނިޔާތައް ލިބުން ނަމަވެސް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށެވެ.

އަނެއް ސައިކަލު ދުއްވަން އިނީ 19 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ މި ދެ ސައިކަލު ދުއްވި ދެ މީހުންނަކީ ވެސް ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް ދެމީހުން ކަމަށެވެ.

އެގޮތުން އެ ދެމީހުން ވެސް ޖޫރިމަނާކޮށް ސައިކަލު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް