ads
ބިންވެރިޔާ، ގެދޮރުވެރިޔާ ސްކީމް ލޯންޗުކުރުމުގެ ތެރެއިން
ގެދޮރުވެރިޔާ ސްކީމްގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު!
ގެދޮރުވެރިޔާ ސްކީމުގު ދަށުން ގޯތި ދޫކުރުމުގެ އުސޫލަކީ ކޮން ގާނޫނެއްގެ ނުވަތަ ކޮން ގަވައިދެއްގެ ދަށުން ނެރެފައިވާ އެއްޗެއްކަމެއް އެނގޭކަށް ނެތް ކަމަށް ހައިކޯޓުގެ ހުކުމުގައި ކަނޑައެޅުމާއެކު އެ ސްކީމްގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެއެވެ.

ހައިކޯޓުގެ ހުކުމުގައި މި ގޮތަށް ބަޔާންކޮށްފައިވަނީ، ހުޅުމާލެއާ ގުޅީފަޅު ހިމެނޭ ގޮތުން މާލެ ސަރަހައްދުން މާލޭގެ މީހުންނަށް ގޯތި ދޫކުރުމުގެ އުސޫލު ބާތިލްކުރަން އަމިއްލަ ފަރާތަކުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައެވެ. 

މި މައްސަލައަކީ ދުސްތޫރި މައްސަލައެއްގެ ގޮތުގައި ފުރަތަމަ މަރުހަލާގައި ހައިކޯޓުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދުވަނީ ކަނޑައަޅާފައެވެ.

ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނު ފެށުމުގައި ބަޔާން ކުރަނީ، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން " ގެދޮރުވެރިން" މި ނަމުގައި ކުރިޔަށްގެންދާ ޕްރޮގްރާމުގެ ތެރެއިން، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި ހިންގާ "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމަށާއި..." މިފަދައިންނެވެ. ވީމާ، މިއީ ވަކި ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ކޮށްފައިވާ އިއުލާނަކަށް ވުރެ ބޮޑަށް ބުރެވެވެން އޮތީ، މިއީ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން ގޯތި ދޫކުރުމަށްޓަކައި ހައުސިން މިނިސްޓްރީން ކޮށްގެން އުޅޭ ކަމެއްކަމަށެވެ.

ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މި މައްސަލައިގައި މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމުގު ދަށުން ގޯތި ދޫކުރުމުގެ އުސޫލަކީ ކޮން ގާނޫނެއްގެ ނުވަތަ ކޮން ގަވައިދެއްގެ ދަށުން ނެރެފައިވާ އެއްޗެއްކަމެއް އެނގޭކަށްނެތް ކަމަށެވެ.

މި މައްސަލަ ހައިކޯޓުން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ނުބެލޭނެ ކަމަށް ކަނޑައެޅީ ފަނޑިޔާރު މުހައްމަދު ނިޔާޒް، ހުސެއިން މަޒީދު، ފާތިމަތު ފަރުހީޒާ، ހުޒައިފާ މުހައްމަދު އަދި ދީބާނާޒް ފަހުމީގެ އިއްތިފާގުންނެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް