ads
ހިޔާލުތަފާތު ވިޔަސް މަސައްކަތުގެ މައްސޫލިޔަތަށް ހުރަހެއް ނޭޅޭ: ސިވިލްސާވިސް ކޮމިޝަން
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރުންގެ މެދުގައި ހިޔާލުތަފާތު ވުން އުފެދުނުކަމުގައި ވިއަސް މަސައްކަތުގެ މައްސޫލިޔަތަށް ހުރަސް ނޭޅޭ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ސީއެސްސީން މިފަދައިން ބުނެފައިވަނީ، އެ ކޮމިޝަންގެ މެމްބަރުންގެ މަގާމުގެ މައްސޫލިޔަތު އަދާކުރުމުގައި އިހުމާލުވެފައިވާކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ދިރާސާކުރި މައްސަލަގައި ކޮމިޝަނުގެ މެމްބަރުން ޖަވާބު ދާރީވުމަށް އަންގާފައިވާތީ އެމައްސަލައިގައި ދިން ޖަވާބު ގައެވެ. އެގޮތުން ސީއެސްސީން އެ ޖަވާބުތަކާއި ގުޅޭ ހުލާސާއެއް ނޫސް ބަޔާނެއް ވަނީ ނެރެފައެވެ. 

އެގޮތުން ސީއެސްސީން ބުނެފައިވަނީ، މަސައްކަތުގެ މާހައުލުގައި މެމްބަރުންގެ މެދުގައި ހިޔާލުތަފާތު ވުމަކީ ތަބީއީ ކަމެއްކަމަށާއި، އެހެން ނަމަވެސް އެކަމުގެ ސަބަބުން މެމްބަރުންގެ މަސައްކަތުގެ މައްސޫލިޔަތަށް ހުރަސް ނޭޅޭކަމަށެވެ. 

އަދި މީގެ އިތުރުން ބުނެފައިވަނީ، އެއްވެސް އިދާރާއަކުން ސީއެސްސީއަށް ޝަކުވާއެއް ނުވަތަ މައްސަލައެއް ހުށަހެޅޭ ހާލަތުގައި ވަގުތުން ޖަވާބު ދެވޭނަމަ، ވަގުތުން ޖަވާބު ދޭކަމަށާއި، އަދި މައްސަލައިގެ ބާވަތުން އިތުރު މައުލޫމާތު ހޯދައިގެން ބަލަންޖެހޭ ކަންތައްތަކަށް ވަގުތުނެގުމަކީ ވުން އެކަށީގެންވާ ކަމެއްކަމަށެވެ. އަދި މައްސަލަ ތަކުގައި މަޝްވަރާ ތެރޭގައި ހިޔާލުތަފާތުވުމަކީ މައްސަލަ ދިގުލައިގެންދާ ސަބަބެއް ނޫންކަމަށްވެސް ބުނެފައިވެއެވެ. 

އަދި އެކިވުޒާރާތަކުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ދިނުމުގައި ދަތިވާގޮތަށް ސީއެސްސީން އަމަލުކޮށްފައިނުވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ. 

މީގެ އިތުރުން މި ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް އަވަސް އަދި ހަލުއި ގޮތެއްގައި ދެވޭނެ މަގުފަހު ކޮށްދިނުމަށް ސީއެސްސީގެ އިދާރާތަކަށާއި، ވަޒީރުންނަށް ދޭންޖެހޭ އެއްބާރުލުން ކޮމިޝަނުން އަބަދުވެސް ދެމުންގެންދާނެ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް