ads
ފަތުހުﷲ އިސްމާއީލް
ހައުސިން މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ހޮވި ވަޒީފާ ނުދިނުމުން ބަދަލުދިނުމަށް ހުކުމް ކޮށްފި
ހައުސިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރަޓަރީ (ޕީއެސް)ގެ މަގާމަށް ހޮވި ވަޒީފާ ނުދިން ފަތުހުﷲ އިސްމާއިލަށް ބަދަލުދިނުމަށް ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ)ގެ މައްޗަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.

2014 ވަނަ އަހަރު ހައުސިން މިނިސްޓްރީގެ ޕީއެސްގެ މަގާމަށް މީހަކު ހޮވުމަށް ސީއެސްސީން ކުރި އިއުލާނާއި ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާފައިވާ ފަރާތަކީ ފަތުހުﷲ އިސްމާއިލެވެ. އަދި އޭނާ އެ މަގާމަށް ހޮވުނުކަން އެންގުމަށްފަހު ސީއެސްސީގެ އެދުމުގެ މަތިން ފަތުހުﷲ އޭރު ހުރި ވަޒީފާ ދޫކޮށްލާފައިވެއެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާއި ބެހޭ ކޮމިޓީން ބަލަމުންދާ މައްސަލައަކާއި ގުޅިގެންކަމަށް ބުނެ ވަޒީފާއަށް ނިކުތުމަށް އަންފައި ނުވެއެވެ. 

މި މައްސަލައިގައި ފަތުހުﷲ ދައުވާ ކޮށްފައިވަނީ އޭނާ އަދާކުރަމުން ދިޔަ ވަޒީފާ، ސީއެސްސީގެ އެދުމުގެ މަތިން ދޫކޮށްލުމާއި ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ. 

މި މައްސަލައިގައި ހައިކޯޓުން އިއްޔެ އިއްވި ހުކުމުގައި ބުނެފައިވަނީ، ފަތުހުﷲ އަދާކުރަމުންދިޔަ މަގާމުން ވަކިކުރި ދުވަހުން ފެށިގެން އެ ވަޒީފާގެ މުއްދަތު ހަމަވާ ތާރީހަށް ވާ ފައިސާގެ ޖުމުލަ 278،154 ރުފިޔާ 30 ދުވަހުގެ ތެރޭގައި ސީއެސްސީގެ ފަރާތުން ސިވިލް ކޯޓަށް ދައްކާ ހަލާސްކުރުމަށެވެ. 

ފަތުހުﷲ އިސްމާއިލްއަކީ މިހާރު އެމްޓީސީސީގެ ބޯޑް މެމްބަރެކެވެ. 

45%
ކަމުގޮސްފި
36%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް