ads
މީގެ ކުރިންވެސް ކައުންޓަ ޓެރަރިޒަމްގެ އޮޕަރޭޝަންތައް ސިފައިން ހިންގާފައިވޭ
ހައިކޯޓުން މިނިވަން ކުރި މީހާ އަނެއްކާ ހައްޔަރުކޮށްފި
ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދީ ގައުމީ ސަލާމަތައް ނުރައްކާ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ފުލުހުންގެ އިހުމާލާ ހެދި ހައިކޯޓުން އިއްޔެ މިނިވަން ކުރި މީހާ އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ އަލުން ހައްޔަރު ކުރީ އާ ހެކިތަކަކާއެކުއެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް އަދި ނުލިބެއެވެ. އޭނާ މިނިވަން ކުރީ އިއްޔެއެވެ. އެހެންކަމުން އޭނާ އަލުން ހައްޔަރު މި ކުރީ މިނިވަން ކުރިތާ ސައުވީސް ގަޑިއިރުގެ ތެރޭގައެވެ.

ދިވެހި ފުލުހުންގެ ހިދުމަތާއި އެމްއެންޑީއެފް ގުޅިގެން މިދިޔަ މަހު ހިންގި ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަންގައި 14 މީހަކު ހައްޔަރުކުރި އެވެ. އެމީހުން ހައްޔަރުކުރީ، ގޮވާތަކެތި ބޭނުންކޮށްގެން ގައުމީ ސަލާމަތައް ނުރައްކާ ކުރަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އޭގެ ތެރެއިން ހައިކޯޓުން މިނިވަންކޮށްފައިވަނީ، މުހައްމަދު ގައިސް ނަމަކަށް ކިޔާ މީހެކެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް