ads
ފޮޓޯ: އެމްއެންޑީއެފް
ބޯޓެއްގައި ކަފު ޖަހާފައި އޮތް ހަލްއެއް ގެއްލިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
މާލެއިން ފުރައިގެން ގއ. އަތޮޅަށް ދަތުރުކުރި "މިންނަތު" ބޯޓުގައި ކަފުޖަހާފައި އޮތް "ހަމްރާޒް" ނަމަކަށް ކިޔާ ލޯންޗް ހަލްގަނޑެއް ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ހަމްރާޒް ނަމަކަށް ކިޔާ ލޯންޗް ހަލްގަނޑެއް ވ. އަތޮޅު ތެރެއިން ކަނޑައިގެންގޮސް ގެއްލުމާއި ގުޅިގެން މި ހަލްގަނޑު ހޯދުމުގެ މަސައްކަތް ވެރިފަރާތާއި ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. 

އެމްއެންޑީއެފުން އިތުރަށް ބުނީ ހަލްގަނޑު ކަނޑައިގެން ދިޔަކަމަށް ލަފާކުރެވެނީ ވ.އަތޮޅުގެ ތެރެއިންކަމަށް ބޯޓުގެ ކެޕްޓަން މައުލޫމާތުދޭ ކަމަށެވެ. އަދި މި ހަލްގަނޑަކީ 20 ފޫޓް ދިގު، އިންޖީނު ނަގާފައިވާ ހުދު ކުލައިގެ ހަލްގަނޑެކެވެ. މި ހަލްގަނޑު ކަނޑައިގެން ދިޔައިރު މީގައި އެއްވެސް މީހަކު ނެތް ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ. 

އެ ހަލްގަނޑާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑަށް ހިއްސާކުރުމަށް ވެސް އެތަނުން އެދެ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް