ads
ނާޒިމް ޕްރައިމަރީއަށް ހުށަހެޅުއްވުމަށް ފަހު
އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނާޒިމް ހުށަހަޅުއްވައިފި
މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ) އިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭ ކެންޑިޑޭޓު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރުމަށް އެ ޕާޓީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމް ހުށަހަޅުއްވައިފިއެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ހުށަހެޅުއްވިކަން ނާޒިމް ހާމަ ކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. 

ނާޒިމް ފިޔަވައި އެހެން އެއްވެސް މީހަކު އަދި އެމްއެންޕީގެ ޕްރައިމަރީއަށް ހުށަހެޅުއްވި ކަމެއް އެނގިފައެއް ނުވެއެވެ.

އެމްއެންޕީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭ ކެންޑިޑޭޓު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ ޖަނަވަރީ މަހުގެ ސާދަ ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް