ads
ޖަޕާނުގައި ކަރަންޓީން ކޮށްފައިވާ ކްރޫޒް ޝިޕް
ރާއްޖެއަށް ކްރޫޒްލައިނާތައް އައުން މަނާކޮށްފި
ރާއްޖެއަށް ކްރޫޒްލައިނާތައް އައުން މަނާކުރަން ސަރުކާރުން ނިންމައިފި އެވެ.

ކޮރޯނާ ވައިރަހުގެ ނުރައްކާ، އިތުރަށް ބޮޑުވަމުންދާތީ ރާއްޖެއަށް ކްރޫޒްލައިނާތައް އައުން މަނާކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާކަން އިއުލާން ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. 

މިނިސްޓަރު ވިދާޅުވީ ކްރޫޒްލައިނާތައް ރާއްޖެ އައުން މި ވަގުތަށް މެދުކަނޑާލަން ސަރުކާރުން ނިންމާފައިވާ ކަމަށާއި އަލުން ކްރޫޒްލައިނާތައް ރާއްޖެއަށް އައުމުގެ ހުއްދަ ދޭނީ ކޮރޯނާވައިރަހުގެ ހާލަތަށް ބެލުމަށް ފަހު ކަމަށެވެ

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ މިއަދުން ފެށިގެން އީރާނުން ރާއްޖެއަށް މީހުން އައުން ވެސް މަނާކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. 

މިދިޔަ ޑިސެމްބަރު މަހު، ޗައިނާއިން އެންމެ ފުރަތަމަ ކޮރޯނާ ވައިރަސް ފެނިގެންދިޔައިރު މިބަލީގެ ނުރައްކާ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުމާއެކު، ރާއްޖެއިން ވެސް ވަނީ ޗައިނާއަށް ކުރާ ސީދާ ދަތުރުތައް ވެސް މެދުކަނޑާލާފަ އެވެ. އަދި ރާއްޖޭގައި ތިބި ޗައިނާ ފަތުރުވެރިން ވެސް އަނބުރާ ގައުމަށް ފޮނުވާލި އެވެ. 

މިނިސްޓަރު ވިދާޅުވީ ޗައިނާ، ފިޔަވައި ދެން ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދަނީ ސައުތު ކޮރެއާގެ ދެ ސަރަހައްދެއްގައި ކަމުން އެ ސަރަހައްދުތަކުން ވެސް ރާއްޖެއަށް މީހުން އައުން ވަގުތީގޮތުން މަނާކޮށްފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް