ads
ރައީސް އޮފީހުގައި ހެލްތު މިނިސްޓްރީން ބޭއްވި ޕްރެސް--
ޑޮކްޓަރަށް ދެއްކުމަށް ނޫން ގޮތަކަށް ހޮސްޕިޓަލުތަކަށް ނުދާން އިލްތިމާސްކޮށްފި
ހޮސްޕިޓަލުތަކަށް ކޮންމެހެން ދާން ޖެހިގެން ނޫން ގޮތަކަށް އެއްވެސް ފަރާތަކުން ހޮސްޕިޓަލުތަކަށް ނުދިއުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

މިރޭ ރައީސް އޮފީހުގައި ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ކޮރޯނާ ވައިރަހަކީ ބޮޑު ރޯގާއެއްކަމުން ހުރިހާ ގައުމަކުން ވެސް ތައްޔާރީ ހާލަތުގައި އޮތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިރުޝާދުދީފައިވާތީ އެކަމަށް ރާއްޖެއިން ވެސް ދަނީ ފިޔަވަޅުތައް އަޅަމުން ކަމަށެވެ.

އެގޮތުން ކޮންމެ ދުވަހަކު ވެސް މި ބައްޔަށް ޕޮޒިޓިވްާ މީހުންގެ އަދަދު އިތުރީ ޗައިނާގައި ނަމަވެސް އިއްޔެ ވަނީ ތަފާތު ކަމެއް ފާހަގަކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ޗައިނާއިން ފެނުނު ޕޮޒިޓިވް ކޭސްތަކަށް ވުރެ އެހެން ގައުމުތަކުން އެ ބައްޔަށް މީހުން ޕޮޒިޓިވްވި ނިސްބަތް އިތުރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"މިހެންކަމުން މިއަށް ދޭން ޖެހޭ ސަމާލުކަން އިތުރުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުވެ އަދި ފަރުދީ ގޮތުން އަޅުގަނޑުމެން ކޮންމެ މީހަކު ވެސް މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ރައްކާތެރިވުމުގެ ގޮތުން އެނގެން ޖެހޭ މައުލޫމާތާއި ސަރުކާރުގެ ކަމާއި ގުޅޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ސަމާލުވުމަކީ ވަރަށް މުހިއްމު ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ބޮޑު ބައްޔަކަށް ބޭސްކުރަމުން އަންނަ މީހުން ނުވަތަ ދުވަސްވީ މީހުންނާއި ކުޑަކުދިން، ކޮންމެހެން ބޭނުންނުވާ ހާލަތްތަކުގައި ހޮސްޕިޓަލަށް ނުދިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. 

އެގޮތުން މި ބަލިން ރައްކާތެރިވުމުގެ ގޮތުން ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމާއި ނުވަތަ ހޭންޑް ސެނިޓައިޒާ ބޭނުން ކުރުން ރަނގަޅު ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އޭގެ އިތުރުން ކެއްސާއި ކިނބިހި އަޅާއިރު ޓިޝޫ ބޭނުން ކުރުމާއި ދަތުރެއްކޮށްފައި އަންނަތާ 14 ދުވަސްވުމުގެ ކުރިން ބައްޔެއްވެެއްޖެނަމަ ބޭރަށް ނުނިކުތުމަށް ވެސް އިލްތިމާސްކުރެއްވި އެވެ. 

"އެކި ތަންތަނުގެ ސިޓިއުއޭޝަން ދަނީ ބަދަލުވަމުން. އެހެންވީމަ އަޅުގަނޑުމެން އެންމެވެސް ފަރުދީ ޒިންމާ އަދާކުރުން ވަރަށް މުހިއްމު،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
8%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް