ads
ހެލްތު މިނިސްޓަރު އަމީން އާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު--
އަލީ ވަހީދުގެ އޯޑިއޯއާ ގުޅިގެން ސުވާލުކުރުމުން އަމީން ޖަވާބެއް ނުދެއްވި
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ތުހުމަތު ކުރެވޭ މީހަކު ވާހަކަ ދައްކާ އޯޑިއޯއެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންނަށް ނިސްބަތް ކުރައްވާ ވަރަށް ހަޑިހުތުރު ބަހުން ދެއްކެވި ވާހަކަތަކާއި ގުޅިގެން އެއްވެސް އެއްޗެއް މިނިސްޓަރު އަމީން ވިދާޅެއްނުވި އެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ލީކުވި އެ އޯޑިއޯއާ ގުޅިގެން މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެ ސުވާލަކީ މިރޭގެ ހާލަތާއި އެހާ ގުޅޭ ސުވާލެއް ނޫން ކަމަށާއި އެހެންކަމުން އެއްވެސް ޖަވާބެއް ނެތް ކަމަށެވެ. 

"ދެން ކުރި ސުވާލަކީ މިރޭގެ މި ހާލަތަކާ އެހާ ގުޅޭ ސުވާލެއް ނޫންހެން ހީވަނީ. އެހެންވީމަ އަޅުގަނޑުގެ މަސްއޫލިއްޔަތުގެ ގޮތުން މާބޮޑު ޖަވާބެއް ނެތް އަޅުގަނޑުގެ އަތުގަ،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި އާންމުވި އޯޑިއާގައި އަލީ ވަހީދު ވާހަކަ ކަމަށް ތުހުމަތު ކުރެވޭ މީހާ ވާހަކަ ދައްކަވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އައްސަދު އަލީއާ އެވެ. އެގޮތުން ހެލްތު މިނިސްޓަރު އަމީންއާ ގުޅިގެން އަލީ ވަހީދު ވިދާޅުވީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ މާސްކާއި ކެމެރާ އަދި ކަރަންޓީން ފެސިލިޓީ ގާއިމުކުރީ އޭނާ ކަމަށެވެ. 

މިނިސްޓަރު އަމީންއަށް ނިސްބަތް ކުރައްވާ އެގޮތަށް ދެއްކެވި ވާހަކައިގައި އަލީ ވަހީދު ވަނީ ވަރަށް ހުތުރު ބަސްތައް ބޭނުން ކުރައްވާފަ އެވެ. އެއް މިނެޓް 27 ސިކުންތުގެ މި އޯޑިއޯގައި އަލީ ވަހީދު އިތުރަށް ވިދާޅުވީ، އަމީން ކުރެއްވި ކަމަކީ ހެދިކާ ކެއުން ކަމަށާއި އަދި އޭނާ ތަނަކަށް ވަޑައިގަންނަވާނަމަ ފޮޓޯ ނަގަން ދެ ކެމެރާމަނުން ގެންދަވާ ކަމަށެވެ.

މިފަހުން ކޮރޯނާ ވައިރަހާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުންތަކުގައި މިނިސްޓަރު އަމީންއާއެކު އަލީ ވަހީދު ވެސް ބައިވެރިވެވަޑައިގަތެވެ. ނަމަވެސް ދުވަސްގަނޑެއްގެ މަދުކެނޑުމަކަށްފަހު ކޮރޯނާ ވައިރަހާއި ގުޅިގެން މިރޭ ބޭއްވުނު މި ޕްރެސްގައި އަލީ ވަހީދު ބައިވެރިވެވަޑައިގަނެފައެއް ނުވެ އެވެ.

71%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް