ads
ޑރ. ޝަހީމް އާއި މިނިސްޓަރު މަހްލޫފް--
ޑރ. ޝަހީމް ޔޫތު މިނިސްޓަރު މަހްލޫފްގެ މަގާމާ މެދު ސުވާލު އުފައްދައިފި
ދީނީ އިލްމްވެރިންތަކެއް އެ ބޭފުޅުންގެ ކަންބޮޑުވުންތަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށް ހިއްސާ ކުރެއްވުމުން ކުރިން އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މަހްލޫފުގެ މިނިސްޓަރުކަމުގެ މަގާމާ މެދު ސުވާލު އުފައްދަވައިފި އެވެ.
ޝަހީމް ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީއެން މައްސަލަ އަދި އެނޫންވެސް ދީނީ މައްސަލަތަށް ބަލަން ޖެހޭނީ އިސްލާމިކް މިނިސްޓްރީންނެވެ. ނަމަވެސް ގާނޫނީ ގޮތުން ޖަމިއްޔާތަކުގެ ބެލެނެވެރި ފަރާތަކީ ޔޫތް މިނިސްޓްރީ އެވެ.

އެގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ އިސްލާމް ދީން ހިމާޔަތް ކުރުމުގެ ޒިންމާ މަތިކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީއާ ކަމަށެވެ. އަދި މަހްލޫފަކީ އިސްލާމިކް މިނިސްޓަރުތޯ ވަނީ ސުވާލު އުފައްދަވާފަ އެވެ.


"މަހްލޫފް އަކީ މިހާރު އިސްލާމިކް މިނިސްޓަރުތޯ؟ ކޮބައިތޯ އިސްލާމް ދީން ހިމާޔަތް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިސްލާމިކް މިނިސްޓްރީ؟" ޑރ. ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ސުވާލު ކުރި އެވެ.

އެމްޑީއެން ރިޕޯޓް މައްސަލައިގައި އެކަށީގެންވާ ފިޔަވަޅެއް ނޭޅޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ޔޫތް މިނިސްޓަރު މަހްލޫފަށާއި ސަރުކާރުގެ އިދާރާތަކަށް އަމާޒުވި އެވެ. 

އެމްޑީއެން އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަތަކެއް ލިޔުނު މައްސަލަ ފެންމަތިވެގެން މިހާ ހިސާބަށް ވެސް އެކަމުގައި އިސްލާމިކް މިނިސްޓްރީން މާ ބޮޑަށް އުޅޭ ތަން ނުފެންނަ ކަމަށް ބުނެ އެހެން ބައެއް މީހުން މީގެ ކުރިން ވެސް އެ މިނިސްޓްރީ އަށް ވެސް ފާޑުކިޔާފައިވެ އެވެ.

ދީނީ އިލްމްވެރިތަކެއް ޔޫތް މިނިސްޓަރު މަހްލޫފާ ބައްދަލުކުރައްވާފައި މިވަނީ، އެމްޑީއެން އުވައިލުމަށް ފަހު ވެސް، އެ ޖަމިއްޔާގެ ކަންކަން ކުރިއަށްދާތީ އެބޭފުޅުންގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށާއި ސާފުކުރަން ބޭނުންވާ ބައެއް ކަންކަން ހުރުމުންނެވެ.

އެންޑީއެން އުވައިލައިފައިވަނީި އެ ޖަމިއްޔާއިން 2016 ވަނަ އަހަރު އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓްގެ މައްސަލައިގައި މިދިޔަ ޑިސެމްބަރު މަހު 19 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް