ads
ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް
ބަނގުރާ ގެންގުޅު އިންޑިއާ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފި
މާލޭގައި ބަނގުރާ ގެންގުޅުނު އިންޑިޔާ ފިރިހެނަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ބަނގުރާ ގެންގުޅެ، އޭގެ ބޭނުންކޮށް އަދި މަސްތުގެ ހާލުގައި ހުރެގެން ހުކުރު ދުވަހު ހައްޔަރު ކުރީ އުމުރުން 52 އަހަރުގެ އިންޑިޔާ ފިރިހެނެކެވެ. އޭނާ 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ހުކުރު ދުވަހު އަމުރުކުރިއެވެ.

މިއީ މި ހިނގާ ޑިސެމްބަރު މަހުގެ ތެރޭގައި ބަނގުރަލުގެ މައްސަލަތަކުގައި ބަންދު ކުރި އިންޑިޔާގެ ފުރަތަމަ މީހާއެއް ނޫނެވެ. ޑިސެމްބަރު މަސް ފެށި ފުރަތަމަ ހަފްތާތެރޭވެސް އުމުރުން 26 އަހަރުގެ އިންޑިޔާ މީހަކު ބަނގުރަލުގެ މައްސަލައަކާ ގުޅިގެން 30 ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.

ހުކުރު ދުވަހު ކްރިމިނަލް ކޯޓުން ބަންދު މުއްދަތު ޖަހާފައިވަނީ ގަވައިދާ އެއްގޮތަށް ރާއްޖޭގައި އުޅޭ މީހެއް ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ. ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެއެވެ. އަދި ބިދޭސީންގެ ތެރޭގައި އެކިއެކި ކުށްތައް ގިނައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް