ads
ކޮރޯނާ ވައިރަހުގެ ނުރައްކާ ބޮޑުވެ އުމްރާއަށް މީހުން ދިއުން ސައުދީން މަނާކޮށްފި
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން އުމްރާއަށް އައުން ސައުދީ އަރަބިއްޔާގެ ސަރުކާރުން މަނާ ކޮއްފި އެވެ.

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނާ ގޮތުގައި، އުމްރާ އަށް މީހުން ދިއުން ވަގުތީ ގޮތުން މަނާ ކުރަން ޖެހުނީ، މިދިޔަ އަހަރު ޗައިނާގެ ވޫހާންގައި ފެތުރެން ފެށި ކޮރޯނާ ވައިރަހުގެ ނުރައްކާ މުޅި ދުނިޔެއަށް ބޮޑުވެފައި ވާތީ އެވެ. 

ސައުދީން ބުނީ މި ނިންމުން ނިންމާފައި ވަނީ ސައުދީގެ ރައްޔިތުންނާއި ހަރަމްފުޅަށް ޒިޔާރަތް ކުރާ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށް ޓަކައި ކަމަށެވެ. މި ފިޔަވަޅު ދެމިގެންދާނެ މުއްދަތެއް އަދި ސައުދީން އިއުލާނެއް ނުކުރެ އެވެ.

މީގެ އިތުރުން، ހައްޖުގެ އަޅުކަމަށް ވިސާ ދޫކުރުމާ ބެހޭ ގޮތުންވެސް ވަކި އެއްޗެއް ސައުދީ ސަރުކާރުން ހާމަ ކޮށްފައެއް ނުވެ އެވެ. 

މަސްޖިދުއް ނަބަވީއަށް ޒިޔާރަތް ކުރުން ވެސް ވަނީ މިހާރު މަނާކޮށްފަ އެވެ. މީގެ އިތުރުން، ބަލި ފެތުރިފައިވާ ގައުމުތަކުން ޓޫރިސްޓު ވިސާގައި މީހުން އެތެރެވުން ވެސް ވަގުތީ ގޮތުން ހުއްޓުވާފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް