ads
ޓްރީޓޮޕް ވެލް މޭލް ޕެކޭޖް
ފިރިހެނުންގެ ބަލިތަކުން ރައްކާތެރިވާނެ ގޮތްތައް ކިޔާދިނީ ޓްރީޓޮޕުން
ދުޅަހެޔޮ ސިއްހަތުގެ ނަސީބަކީ އެންމެ އަގުބޮޑު އެއް ހަޒާނާ ކަމުގައި ގަބޫލުކުރާ މީހުން ގިނަ އެވެ. ރާއްޖޭގައި ފެންނަމުންދާ ސިއްހީ ޓްރެންޑްތަކަށް ބަލާލާއިރު ނޮން ކޮމިއުނިކަބަލް ޑިސީޒަސް ނުވަތަ ދިރިއުޅުމުގެ އާދަކާދައިގެ ސަބަބުން އުފެދޭ ބަލިތައް ދަނީ އިތުރުވަމުންނެވެ.

މި ބަލިތައް ޖެހެނީ ދިރިއުޅުން ބައްޓަން ކުރާ ގޮތަކުންނެވެ. ކަސްރަތު ނުކުރުމާއި، ކެއިން ބުއިމުގައި ކާނާގެ ހުރިހާ ބާވަތްތަކެއް ހިމެނޭގޮތަށް ކެއުން ނުބެހެއްޓުމުގެ އިތުރުން ހަކުރު ގިނަ ބުއިމުގެ ބާވަތްތައް ބޭނުން ކުރުމާއި ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމުގެ ސަބަބުން އެކި އެކި ބަލިތައް ޖެހެން މަގުފަހިވެ އެވެ. 

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ލައިފް އެކްޕެކްޓަންސީ ނުވަތަ އުމުރު ދުވަސް އަންދާޒާކުރެވޭ މިންގަނޑަށް ބަލާއިރު ފިރިހެންނުންގެ އުމުރު ކުރެވެ. މިގޮތުން އާންމުކޮށް ފިރިހެނުންގެ އުމުރު ދުވަހަކީ 79 އަހަރު އަދި އަންހެނުންގެ އުމުރު ދުވަހަކީ 85.7 އަހަރެވެ. މިއީ 6.7 އަހަރުގެ ތަފާތެކެވެ. 

ފިރިހެނުންގެ އުމުރު ކުރުވުމަށް މެދުވެރިވާ ސަބަބަކީ ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވުން ކަމަށް ސިއްހީ މާހިރުންގެ ލަފާއިން އަދި ކަމާ ބެހޭ އިދާރާތަކުގެ ރިޕޯޓް ތަކުން ފާހަގަ ކުރެވެއެވެ. ރާއްޖޭގައި ފިރިހެނުންނަށް އާންމުކޮށް ޖެހޭ ބަލިތަކުގެ ތެރޭގައި ޓައިޕް-2 ޑައިބެޓީސް، ލޭ މަތިވުން އަދި އާދަޔާ ހިލާފަށް ހަށިގަނޑު ބިޔަވުމުގެ ސަބަބުން ޖެހޭ ފެޓީ ލިވާ ސިންޑްރޯމާއި ކުޑަކަމުދާ ނިޒާމް އަދި ޕްރޮސްޓްރޭޓަށް ޖެހޭ ބަލިތައް ހިމެނެވެ.

މިފަދަ ބަލިތަކުން ސަލާމައްވުމަށް އާންމުކޮށް ކަސްރަތު ކުރުމާއި، ކެއުމުގައި ސިއްހަތަށް ފައިދާ ހުރި ބާވަތްތައް ހިމެނުން، އަދި ޕްރިވެންޓެޓިވް ރެގިއުލަ ހެލްތް ސްކްރީނިން ހެއްދުން މީ ވަރަށް މުހިންމު ފިޔަވަޅުތަކެވެ.

ޕްރިވެންޓެޓިވް ރެގިއުލަ ހެލްތް ސްކްރީނިން ނުވަތަ ކުރިޔާލައި ބަލިތަކުން ރައްކާތެރިވުމަށް ހަދާ ސިއްހީ ތަހުލީލުތަކަކީ ބަލީގެ އަލާމަތްތައް ފެނުމުގެ ކުރިން ނޫނީ އިތުރަށް ގޯސްވުމުގެ ކުރިން ބަލީގެ ބާވަތް އަދި ރިސްކް ފެކްޓާސް ނުވަތަ ހިރާސްތައް ދެނެގަނެ އަވަސް ފަރުވާދިނުމަށް ފަސޭހަވެގެންދާ ކަމެކެވެ.

ޕްރިވެންޓެޓިވް ހެލްތް ސްކްރީނިން އަކީ ފުރިހަމަ ދުޅަހެޔޮ ސިއްހަތެއް ހޯދުމަށް ކުރެވޭނެ އެންމެ މުހިންމު އެއްކަންތަކެވެ. އެއީ ޕްރިވެންޓެޓިވް ހެލްތް ސްކްރީނިން މުހިންމުވާ ސަބަބުތަކީ ފުރާނައަށް ނުރައްކާވެދާނެ ސިއްހީ ހާލަތްތައް ނުވަތަ ބަލިތައް އަވަހަށް ދެނެގަނެ ބައްޔަކަށް ފަރުވާދިނުމަށް މަގުފަހިކޮށްދޭނެ އެވެ. ކުރިން  ޖެހިފައި ހުރި ބައްޔެއް ނަމަ ގަވާއިދުން މޮނިޓަކޮށް، އޭގެ ސީރިއަސްކަން ކުޑަކުރުމަށް ވަގުތުން ފިޔަވަޅުތައް އެޅުމަށް މަގުފަހިކޮށްދެއެވެ. އަދި ހެލްތް ސްކްރީނިންގެ ސަބަބުން ދުޅަހެޔޮ ދިރިއުޅުމެއް ބިނާ ކުރުމަށް، ރަނގަޅު ކާނާ ކެއުމާއި ގަވާއިދުން ކަސްރަތު ކުރުމާއި ސިއްހަތަށް ގެއްލުންވާނެ ފަދަ އާދަތަކާ ދުރުހެލިވެ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ހިތްވަރު ދިނުމަށް ވެސް މަގުފަހިކޮށްދޭ ކަމެކެވެ.

އެގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ވެލް މޭލް ޕެކޭޖުގެ ޒަރިއްޔާއިން ފިރިހެނުން ތެރޭގައި އާންމުކޮށް ޖެހޭ ބަލިތަށް ދެނެގަތުމަށް ހެދޭ ޓެސްޓުތަކެވެ. އެގޮތުން ޕެކޭޖުގެ ދަށުން ކްލިނިކަލް އެގްޒާމިނޭޝަން، ރޭޑިއޮލޮޖީ އިންވެސްޓިގޭޝަން، އޯ.ޕީ.ޑީ ކޮންސަލްޓޭޝަން، ލެބޯރަޓޮރީ އިންވެސްޓިގޭޝަން ހިމެނޭނެ އެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް