ads
ހަނގަޑު ތާޒާކުރުމަށް މަޝްހޫރު ގޮތެއް
މޫނުގެ ހަންގަނޑު ޒުވާންކޮށް ތާޒާކުރަން މަޝްހޫރު ގޮތެއް
މޫނުގެ ހަންގަނޑު އަލުން ޒުވާންކޮށް، މަރުވެފައިވާ ހަންތައް ދުއްވާލައި އަންނަ އަހަރަށް މޫނު ރީތިކޮށްލަން ބޭނުންވާ މީހުންނަށް ހާއްސަ ޓެކްނީކެއް އިންޓެނެޓުގައި މަޝްހޫރުވާން ފަށައިފިއެވެ.
Advertisement

މި އަަހަރު ނިމުމަކާއި ގާތް ވަމުން އަންނައިރު މި ޓެކްނީކަކީ އަހަރު ނިމުމުގެ ކުރިން މޫނުގެ ހަނޑަށް ޒުވާންކަން ގެނެވިދާނެ ގޮތެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި ޓިކްޓޮކް ފަދަ މީސް މީޑިއާތަކުގައި މި ޓެކްނީކް އަންނަނީ ވަރަށް ބޮޑަށް މަގުބޫލުކަން ހޯދަމުންނެވެ. 

'ސްކިން ސައިކަލިން' ގެ ނަމުން މަޝްހޫރު މި ޓެކްނީކް ގެ ސަބަބުން ހަނގަނޑުގެ ރޫޖެހުން ވެސް ކަޑަވެ މޫނު މަތިން ތާޒާކަން ފެންނަކަމަށް މި ޓެކްނިކްގެ ބޭނުން ހިފި މީހުން ބުނެއެވެ. 

މިއީ ހަތަރު ރޭ މަތިން ކުރިއަށް ގެންދަންޖެހޭ ޓެކްނީކެކެެވެ. 

ފުރަތަމަ ރޭ: 

ފުރަތަމަ ރޭގައި ކުރާ ކަމަކީ އެކްސްފޯލިއޭޓިން މާސްކެއް ބޭނުންކޮށްގެން މޫނުގައި މަރުވެފައިވާ ހަންތައް ނައްތައިލުމެވެ. މިގޮތައް ހަންތައް ނައްތާލުމަށް އަންނަނިވި ބާވަތްތަކުން ކޮންމެވެސް އެއް ބާވަތެއް ބޭނުންކޮށްގެން މާސްކެއް ވެސް ހެދިދާނެއެވެ. އެ ބާވަތްތަކަކީ ބޭކިން ސޮޑާ، މުގުރި ކޮފީ، ހަކުރު، މުގުރި އާމަންޑް، ސީ ސޯލްޓް އަދި ފޮނިތޮއްޓެވެ. ނުަވަތަ އެކްސްފޯލިއޭޓިން ކްރީމެއް ވެސް ބޭނުންކުރެވިދާނެއެވެ. 

ދެވަނަ ރޭ: 

ދެވަނަ ރޭގައި މޫނުގައި ރެޓިނޮލް (Retinol) ކްރީމެއް ބޭނުންކުރަންޖެހެއެވެ. މި ކްރީމަކީ ގިނަ އަދަދަކަށް ވިޓަމިން އޭ ހިމެނޭ ބާވަތަކެވެ. 

ތިން ވަނަ ރޭ އަދި ހަތަރު ވަނަ ރޭ:

މި ދެ ރޭ އަކީ މޫނަށް ރެސްޓު ދޭންޖެހޭ ދެ ރެއެވެ. މި ދެ ރޭވެސް މޫނު ތެއްކޮށް ބެހެއްޓުމަށް މޮއިސްޗަރައިޒިން ކްރީމް އެއް ބޭނުންކުރަންޖެހެއެވެ. އަދި ހަނގަނޑު ކުރަކިވިޔަ ނުދިނުމަށް މި ގިނައން ދިޔާ އެއްޗެހި ވެސް ބޯންޖެހެއެވެ. 

44%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް