ads
މާލޭގަ ވައި ނުސާފުވެފައިވައި: ފައިލް ފޮޓޯ ވަގުތު
ވައި ނުސާފުވުން: ފުއްޕާމޭ ސަލާމަތް ކުރަން އެޅިދާނެ ބައެއް ފިޔަަވަޅު
ވައި ނުސާފު ވުމުގެ މައްސަލައަކީ ދުނިޔޭގެ ހުރިހާ ކަންކޮޅަކަށް ވެސް މިހާރު ދިމާވެފައިވާ މައްްސަލައެކެވެ.

ދިވެހި ރާއްޖެއަށް ވެސް ދޭތެރެ ދޭތެރެއިން ވައި ނުސާފު ވުމުގެ މައްސަލަ ދިމާވެއެވެ. މިމަހު ކުރީކޮޅު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވެސް ވަނީ ރާއްޖޭގައި ވަނި ނުސާވާތީ ސަމާލުވުމަށް އެދިފައެވެ. 

ފުއްޕާމޭގެ ބަލިތަކާ ހިތުގެ ބަލިތައް ހުންނަ މީހުން ގިނަވަގުތު ބޭރުގައި ހޭދަ ނުކުރުމާއި، ބޭރަށް ނުކުންނަން ޖެހޭ ހާލަތުގައިވެސް މާސްކް އެޅުން އަދި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން ކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެއެވެ.

ރާއްޖެއަށް ވައި ނުސާފު ވަނީ ކީއްވެ؟

މި ދުވަސް ވަރު ރާއްޖޭގެ ވައި ނުސާފުވަނީ، ހިމާލަޔަން ސަރަހައްދުން، ބޭއޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާއި ހަމަޔަށް ފޯރާ ހިރަފުހާއި ދުމުގެ ސަބަބުން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ބުނެއެވެ. 

އާއްމުކޮށް މޫސުން ރަގަޅު ދުވަސްވަރު، ދުރުފެންނަ މިންވަރު 10 ކިލޯމީޓަރަށް ވުރެ އިތުރުވިނަމަވެސް، މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރުވަނީ 4 – 5 ކިލޯމީޓަރަށް ދަށްވެފަ އެވެ. 

މިއީ ކޮންމެ އަހަރަކުވެސް އަހަރުގެ ފަހު ކޮޅުގައި ދިވެހިރާއްޖެއަށް ދިމާވާ މައްސަލައެކެވެ. 2021 ވަނަ އަަހަރުގެ ޑިސެންބަރު މަހު ވެސް މި މައްސަލަ ދިމާވެގެން ސަމާލުވާން އެދުނެވެ. 

your imageހދ. ހަނިމާދޫ ހުޅަނގު ފަރާތް—[2021/12/21]

ނުސާފު ވައިން ފުއްޕާމޭ ސަލާމަތް ކުރަން އެޅި ދާނެ ބައެއް ފިޔަވަޅުތައް:

މޫސުމީ ގޮތުންނާއި ދުން އަރުވާ ވެހިކަލްތައް ތޮއްޖެހުމުގެ ސަބަބުން ވައި ނުސާފުވުމުގެ މައްސަލަ ދިމާވި ނަމަވެސް، އެކަންކަމުން ސަލާމަތް ވުމަށް ރައްކާތެރި ވުމުގެ ފިޔަވަޅުތަކެއް އެޅިދާނެއެވެ.

އެޗްޕީއޭއިން ވެސް ފާހަގަކޮށްފައިވާގޮތަށް ޕުއްޕާމޭގެ ބަލިތަކާއި، ހިތުގެ ބަލި ފަދަ ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވައި ނުސާފު ވުމުގެ ސަބަބުން ލިބޭ ގެއްލުން މާބޮޑެވެ. 

ގަވައިދުން ކަސްރަތު ކުރުން:

ކަސްރަތަކީ ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް ވެސް ބޭނުންވާ ހަރަކާތެކެވެ. ކަސްރަތު ކުރުމުގެ ސަބަބުން ހަނށިގަނޑުގެ ގުނަވަންތަކުގެ ހިނގުން ރަނގަޅުވެ ލޭ ދައުރުވުން އިތުރުކޮށްދެއެވެ. މީގެ ފައިދާ ފުއްޕާމެއަށް ވެސް ކުރެއެވެ. ކަސްރަތުގެ ސަބަބުން ހަށިގަނޑުގެ މަސްތައް ވެސް ވަރުގަދަ ކޮށްދެއެވެ. މިގޮތަށް ދާއިމީކޮށް ބައެއް ބްރީތިން އެކްސަސައިޒް (ނޭވާލާ ނިޒާމަށް ކުރާ ކަރަސްރަތު) ކުރުން މުހިންމެވެ. 

your imageލޮނު ޒިއާރަތް ޕަކުަގައި ބަޔަކު ކަސްރަތު ކުރަނީ--


ބަލިތަކުން ދުރާލައި ރައްކާތެރިވުން:

ފުއްޕާމޭގެ ބަލިތަކުން ސަލާމަތް ވުމަށް އެޅޭނެ އެންމެ ރަނގަޅު އެއް ފިޔަވަޅަކީ ފުއްޕާމޭގެ ނިޒާމަށާއި ހަށިގަނޑު އެއްވެސް ގުނަވަނަކަށް ޖެހިދާނެ ބަލިތަކުން ދުރާލައި ރައްކާތެރިވުމެވެ. މިގޮތުން ގިނައިން އަތް ދޮވުމާ، ކޮންމެ އަަހަރަކު ވެސް ފްލޫ ވެކްސިނާއި ކޮވިޑް ވެކްސިން ފަދަ ވެކްސިންތައް ޖެހުން ވަރަށް މުހިންމެވެ. ބަލި މީހުންނާ ބަލި އުޅޭ ސަރަހައްދުތަކަށް ނުދިޔުން ވެސް މުހިންމެވެ. 

ގޭތެރެ ސާފުކޮށް ބެހެއްޓު:

ގޭތެރެ ސާފުކޮށް ބެހެއްޓުމަށް ރަނގަޅު ވެކިއުމް ކުލީނަކުން އަބަދު ވެސް ސާފުކުރުން މުހިންމެވެ. އަދި ތަޅުންގަނޑުގައި މޮޕުލުމާއި ހިރަފުހުން ވެސް ގޭތެރެ ސަލާމަތް ކުރުން މުހިންމެވެ. ސާފު ކުރުމަށް ބޭނުންކުރާ ކެމިކަލް ފަދަ ތަކެއްޗަކީ ގުދުރަތީ މާއްދާއަކުން ވަސް ދުވާގޮތަށް ނުވަތަ އެއްވެސް ވަހެއް ނުދުވާ މާއްދާއަކަށް ވުން މުހިންމެވެ. 

އާވި އެރުވުން: 

ހޫނު ފެނުން އާވި އެރުވުމުގެ ސަަބަބުން ފެން މޯލިއުކްތައް ގޮސް ފުއްޕާމެއަށް ވައި ފޯރުކޮށްދޭން ހުންނަ ހޮޅިތައް ސާފުކޮށްދެއެވެ. އަދި ހޮޅިތަކުގައި ހަރުލާފައި ހުންނަ އަރިދަފުސް ފަދަ ތަކެތި ނެއްޓެއެވެ. 

އަރިދަފުން ނޭފަތާއި ފުއްޕާމޭ އަދި ހޮޅިތަކުގައި ހަރުވެއްޖެނަމަ ލޭ ދައުރުވާލެއްވެސް މަދުވެއެވެ. މި ކަންކަމުން ސަލާމަތްވުމަށް އާވި އެރުވުން މުހިންމެވެ. 

your imageވިޓަމިން ސީ ހިމެނޭ ބާވަތްތައް

ރަނގަޅު ކާނާ ކެއުން: 

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކާންޖެހޭ އުސޫލުން ފުއްޕާމޭގެ ދުޅަހެޔޮކަމަށް ވެސް ފައިދާ ހުރި މޭވާ އާއި ތަރުކާރީގެ ބާވަތްތައް ކެއުން މުހިންމެވެ. އަދި ރޯގާ އިން ސަލާމަތް ވުމަށް ވިޓަމިން ސީ ހިމެނޭ ބާވަތްތައް ބޭނުން ކުރުން މުހިންމެވެ. އެންޓި އޮކްސިޑެންޓްސް ހިމެނޭ ބާވަތްތަކާ ތަފާތު ވިޓަމިން ހިމެނޭ ކާނާވެސް ކެއުން މުހިންމެވެ. 

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުން: 

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ފުއްޕާމެއަށް އެންމެ ގެއްލުން ލިބޭ އެއް އަމަލެވެ. ކުރު މުއްދަތާއި ދިގު މުއްދަތުގައި މި އަމަލު ކުރުމުން ވެސް ގެއްލުން ލިބެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ވަގުތުން ހުއްޓާލުމަކީ ފުއްޕާމެއަށް ދެވޭނެ އެންމެ ރަނގަޅު އެއް ފަރުވާއެވެ. 

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް