ads
ފަލަ ކަމަށް ބުނެ ދޫކޮށްލި އަންހެން މީހާ، ރީތީގެ ރާނީއަކަށް--
ފަލަކަމަށް ބުނެ ދޫކޮށްލި ލޯބިވެރިޔާ އެންމެ ފަހުން ރީތީގެ ރާނީއަކަށް!
މީގެ އަހަރުތަކެއް ކުރިން، ޖެން އަޓްކިންގެ ލޯބިވެރިޔާ އޭނާ ދޫކޮށްލީ، މާބޮޑަށް ފަލަ ކަމަށް ބުނެ އެވެ. އޭރު ތައްޔާރީ ކާނާއަށް ޖެހިފައި އޮތް ހިތެއްގެ ބޮޑުކަމުން، މާގިނައިން ކެއުމުގެ ސަބަބުން ޖެން ވަނީ ވަރަށް ބޮޑަށް ފަލަވެފަ އެވެ. ނަމަވެސް ފަލަ ކަމަށް ބުނެ ދޫކޮށްލި ލޯބިވެރިޔާއަށް އޭނާ މިވަނީ ވަރުގަދަ ރައްދެއް ދީފަ އެވެ.

ޖެން އޭނާގެ ލޯބިވެރިޔާއަށް 2011 ވަނަ އަހަރު ދިމާވިއިރު ބަރުދަނުގައި ހުރީ 92 ކިލޯ އެވެ. ނަމަވެސް  މާގިނައިން ކެއުމުގެ ސަބަބުން ބަރުދަން 120 ގާތްކުރާ ވަރަކަށް މައްޗަށް އަރައިގެންދިއުމުގެ ނަތީޖާއަކީ 2015 ވަނަ އަހަރު، އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ލޯބިވެރިޔާ އޭނާ ދޫކޮށް ދިއުމެވެ. 

އުމުރުން 26 އަހަރުގެ ޖެން ބުނީ، އެކަމާއި ހިތްދަތިވެ ހަފުތާއެއް ވަންދެން އޭނާ ރޮއެ ހެދި ކަމަށެވެ. ނަމަވެސް ފަހުން އަޒުމުކަނޑައެޅީ ހިކުމަށް ކަމަށެވެ.

އެހެންވެ އޭނާ ޖިމަށް ދާން ފެށި އެވެ. އަދި ކެއުމުގެ ވައްޓަފާޅިއަށް ވެސް ބޮޑު ބަދަލެއް ގެނައެވެ. މި ބަދަލާއެކު އޭނާގެ މުޅި ދިރިއުޅުން އެކީއެކަށް ބަދަލުވީ އެވެ.

އޭނާ މިވަނީ 75 ވަނަ "މިސް ގްރޭޓް ބްރިޓަން" ނުވަަތަ ބްރިޓަންގެ ރީތީގެ ރާނީގެ ރާޖު އުފުލާލާފަ އެވެ.

ރީތީގެ ރާނީގެ ލަގަބު ލިބުމާއެކު ޖެން ބުނީ، މިއީ އޭނާ ދުވަހަކު ވެސް އުއްމީދުކުރި ކަމެއް ނޫން ކަމަށެވެ. ނަމަވެސް މިކަމުން އެނގެންދަނީ ގަދައަޅާ މަސައްކަތްކޮށްފިނަމަ ކޮންމެ މީހަކަށް ވެސް ކާމިޔާބުވާނެކަން ކަމަށް އޭނާ ބުނެ އެވެ.  

85%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް