ads
ފޮޓޯ: ސަން
އަލްހާން ފަހުމީ ޖޭޕީން ވަކިވެއްޖެ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތި ލައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ޖުމްހޫރީ ޕާޓީން ވަކިވެއްޖެ އެވެ.

ޖޭޕީން ވަކިވުމަށް އެދި އަލްހާން ފޮނުވި ސިޓީގައި ބުނެފައިވަނީ މާލޭ ސިޓީގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތި ލިޔަސް އޭނާ އަކީ ޖޭޕީގެ މެމްބަރަކަށް ވާތީ އޭނާގެ ސިޔާސީ ވިސްނުމާއި މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ ކަމަށެވެ. 

އަދި އެސަބަބާއި ގުޅިގެން ޖުމްހޫރީ ޕާޓީން ވަކިވުމަށް ނިންމެވީ ކަމަށް އަލްހާންގެ ސިޓީގައި ވެއެވެ. 

އަލްހާން ވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކޮށްފައެވެ. އެހެން ނަމަވެސް އިންތިހާބުން ނާކާމިޔާބީ އާއި ކުރިމަތި ވިއެވެ. 

ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް އަލްހާން ވާދަކުރައްވާއިރު، އިންތިހާބަށް ނިކުމެވަޑައިގަންނަވަނީ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައެވެ. މީގެ އިތުރުން މާލޭ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި އެޕާޓީގެ ކުރީގެ އެސްޖީ އަނަސް އަބްދުއްސައްތާރު ވާދަކުރައްވާއިރު ޕީޕީއެމްގެ ޓިކެޓުގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ވާދަކުރައްވައެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް