ads
ޝާތިރު ނަށާއި ވީޑިއޯގެ ސްކްރީންޝޮޓެއް--
ނަށާއި ވީޑިއޯއާ ގުޅިގެން ޝާތިރަށް މިނިސްޓަރު މަލީހު ނަސޭހަތްތެރި ވެއްޖެ!
ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، މުހައްމަދު ޝާތިރު، ނަށާއި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ، އެފަދަ ކަމެއް އިތުރަށް ތަކުރާރު ނުކުރުމަށް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ނަސޭހަތްތެރިވެވަޑައިގެންފި އެވެ.

ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި ވީޑިއޯގައި ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުންދާތީ އެކަމާއި ގުޅިގެން ސީއެންއެމުން، ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހުއާ ސުވާލުކުރުމުން ވިދާޅުވީ، މިއަދު މިނިސްޓަރު ވަނީ ޝާތިރަށް ނަސޭހަތްތެރިވެވަޑައިގެންފައި ކަމަށެވެ. އަދި ވިދާޅުވީ ޝާތިރުގެ އިތުރުން ވެސް އެ މިނިސްޓްރީގައި ސިޔާސީ މަގާމުތައް ފުރުއްވާ ފަރާތްތަކަށް ވެސް ނަސޭހަތްތެރިވި ކަމަށެވެ. 

އަލީ ސޯލިހު ވިދާޅުވި ގޮތުގައި މިނިސްޓަރު ވަނީ ސިޔާސީ މަގާމުތައް ފުރުއްވާ ފަރާތްތަކުން އުޅުއްވަންވާނީ ނުރަސްމީ ގަޑިތަކުގައި ވެސް ރަނގަޅަށް ކަމަށާއި އަދި މަގާމުގެ މަސްއޫލިއްޔަތަށް ކުޑާމީސްކުރާ ފަދަ އަމަލުތައް ނުހިންގުމަށް މިނިސްޓަރު އެދިވަޑައިގަތް ކަމަށެވެ. 

އިއްޔެ ސޯޝަލް މީޑިއާގައި އާންމުވި އެވީޑިއޯއަކީ މާދަރީ ބަހުގެ ދުވަހާއި ގުޅުވައިގެން އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތަކަށް ފަހު ޝާތިރު ނަށައި މަންޒަރު ފެންނަ ވީޑިއޯއެކެވެ. އެގޮތުން އޭނާ ނަށަމުންދިޔައިރު އެތަނުގައި އިތުރު މުވައްޒަފުން ވެސް ތިބި މަންޒަރު ފެނިގެންދެ އެވެ. 

އެވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު ވަނީ ޝާތިރަށް ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ. 

23%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
54%
ވަރަށް ސަލާމް
ކޮމެންޓްސް