ads
މޮރޮކޯ ޓީމަށް މަރުހަބާ ކިޔުން
މޮރޮކޯ ޓީމަށް މަރުހަބާ ކިޔަން އެތައް ހާސް ބަޔަކު ނުކުމެއްޖެ
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ހަތަރު ވަނަ މަގާމު ހޯދި މޮރޮކޯ ޓީމު އެނބުރި ގައުމަށް ދިޔުމުން އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު މޮރޮކޯ ޓީމު އެނބުރި ގައުމަށް ދިޔައީ އަންގާރަ ދުވަހުގެ ރޭއެވެ. މޮރޮކޯގެ ޓީމު އެނބުރި ގައުމަށް ދިޔުމުން މޮރޮކޯގެ އެތައް ހާސް ބަޔަކު ރަތް ހެދުމުގައި ނުކުމެ މޮރޮކޯ ޓީމަށް މަރުހަބާ ކިޔެއެވެ. 

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މި ފަހަރުގެ ސަޕްރައިޒް ޓީމަކަށް ވެފައިވަނީ މޮރޮކޯއެވެ. މޮރޮކޯއިންވަނީ ބެލްޖިއަމާ ސްޕެއިން އަދި ޕޯޗުގަލް މުބާރާތުން ކަޓުވާލާފައެވެ. މޮރޮކޯ ސެމީ ފައިނަލުގައި ބަލިވީ ފްރާންސް އަތުންނެވެ. އަދި ތިންވަނަ ހޮވާ މެޗުގައި ކްރޮއޭޝިއާ އަތުން ބަލިވިނަމަވެސް މޮރޮކޯ ޓީމަށް އެ ގައުމުންވަނީ ބަތަލުންގެ ޝަރަފު އަރުވާފައެވެ. 

ވޯލްޑްކަޕްގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުނު އެފްރިކާގެ ފުރަތަމަ ޓީމަށްވުމުގެ ޝަރަފުގެ އިތުރުން މުޅި އިސްލާމީ އުއްމަތަށްވެސް މޮރޮކޯގެ ސަބަބުން ފަހުރުވެރިކަން ލިބުނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް