ads
ފޮޓޯ: ކޯސްޓްގާޑު
އެސްޓީއޯއަށް ތެޔޮ ޓޭންކަރެއް ގަންނަން އިއުލާންކޮށްފި
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އަށް ތެޔޮ ޓޭންކަރެއް ގަންނަން އިއުލާންކޮށްފި އެވެ.

އެސްޓީއޯއިން ބުނީ، އެތަނަށް ތެޔޮ ޓޭންކަރެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެސްޓީއޯއިން ބުނީ މި ބީލަމުގައި ބައިވެރިވެވޭނީ އުޅަނދުތަކުގެ ވެރިފަރާތްތަކާއި ބްރޯކަރުންނަށް ކަމަށެވެ. އެގޮތުން ބްރޯކަރެއްނަމަ މީގެ ކުރިން 10000 ޓަނަށްވުރެ މަތީގެ ތިން ބޯޓެއް ވިއްކާފައިވާކަމުގެ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އެ އިއުލާނުގައި ވަނީ ޓޭންކަރުގައި ހުންނަންޖެހޭ ޝަރުތުތައް ވެސް ބަޔާންކޮށްފަ އެވެ. އެގޮތުން ވަނީ ކްލީން ޕެޓްރޯލިއަމްއަށް ހާއްސަ އުޅަނދަކަށްވުމާއި، 29 ހާސް ކިއުބިކް މީޓަރާއި 36 ހާސް ކިއުބިކް މީޓަރުގެ ތެޔޮ އުފުލޭ އުޅަނދަކަށް ވާންޖެހޭނެ ކަމަށެވެ.

މި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އަންނަ މާޗު މަހުގެ ތިން ވަނަ ދުވަހު، ބީލަމުގައި ބައިވެރިވުމާ ގުޅޭ ލިޔެކިޔުންތައް ފޯރުކޮށްދޭނެ އެވެ. އަދި ބީލަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މާޗު މަހުގެ 12 ގައި ކަމުން އެ ދުވަހުގެ ނިޔަލަށް ބީލަން ހުށަހެޅޭނެ އެވެ. 

އެސްޓީއޯއިން ވަނީ 2018 ވަނަ އަހަރުގެ ތެރޭގައި ވެސް ތެޔޮ ޓޭންކަރެއް ގެނެސްފަ އެވެ. ފުޅާ ދާއިރާއެއްގައި އެސްޓީއޯއިން ތެޔޮލުގެ ވިޔަފާރި ކުރަމުން އަންނައިރު އަވަށްޓެރި ގައުމުތަކަށް ތެޔޮ އެކްސްޕޯޓްކުރުމުގެ މަސައްކަތް ފެށުމަށް ވެސް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް