ads
ރީކޯ މޫސައާއި ރައީސް ސާލިހް
ސިއްސައިގެން ދާވަރުގެ ޖަލްސާއެއް އޮންނާނެ
ރައީސް އިބްރާހިމް މުހަންމަދު ސާލިހް، އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭން މިރޭ ފަށްޓަވަން ތައްޔާރުވެފައިވާއިރު، ސިއްސައިގެންދާވަތުގެ ޖަލްސާއެއް އޮންނާނެ ކަމަށް ރައީސް ސާލިހު ކޭމްޕުގައި އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީގެ ކުރީގެ ޗެއަޕަސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ މަހު ފަހުކޮޅު ބާއްވަން ތާވަލުކޮށްފައިވާއިރު، އެ ޕްރައިމަރީގައި ވާދަކުރައްވާނީ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހީމް މުހައްމަދު ސާލިހުއެވެ. ދެ ބޭފުޅުންގެ ސަޕޯޓަރުންވެސް މިހާރު ކެމްޕެއިން ފަށައި ތާއީދު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު ރައީސް ސާލިހުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރާނީ މިރެއެވެ.

އެމްޑީޕީގެ ޖަގަހަ ހަރަކާތްތައް ހިންގެވުމުގެ އިންތިޒާމުތައް ހަމަޖައްސަވާނެ އިސްފަރާތަކަށް ކަނޑައަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) އެވެ. ރައީސް ސޯލިހުގެ ކެމްޕެއިން މެނޭޖަރަކަށް ތ. ކިނބިދޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިޒު ހަމަޖައްސަވާފައިވާއިރު، މާލޭގައި ކުރިއަށްދާ ކެމްޕޭން ޓީމުގައި އިސްކޮށް އުޅުއްވާނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސެއިން ނެވެ.

38%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
31%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް