ads
ޕެލޭ
ޕެލޭގެ ހާލު އިތުރަށް ގޯސްވަނީ
ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެވެމުން އަންނަ ބްރެޒިލްގެ ލެޖެންޑް ޕެލޭގެ ހާލު އިތުރަށް ގޯސްވަމުންދާ ކަމަށް އޭނާ އެޑްމިޓްކޮށްފައިވާ ހޮސްޕިޓަލުން ބުނެފިއެވެ.

ދުނިޔޭގެ ތާރީހުގައިވެސް އުފެދުނު އެންމެ ހުނަރު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، ބްރެޒިލްގެ ޕެލޭ ސިއްހީ ހާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ކުރިއަށް ދަނިކޮށެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކުރި ފަހުން ހާލު އިތުރަށް ގޯސްވެ އައިސީޔޫގައި ފަރުވާ ދެވެމުން އަންނަތާވެސް ތިން ހަފްތާއެއްހާ ދުވަސްވީ ފަހުން އަނެއްކާ އިތުރަށް މިހާރު ގޯސްވެފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ޕެލޭއަށް ފަރުވާ ދެވެމުން އަންނަނީ ލެޓިން އެމެރިކާ ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލްކަމުގައިވާ އެލްބާޓް އެއިންސްޓެއިން ހޮސްޕިޓަލުގައެވެ.

އުމުރުން 82 އަހަރުގެ ޕެލޭއަށް ދެވޭ ކީމޯ ތެރަޕީން އުއްމީދު ކުރި ކަހަލަ ކުރިއެރުންތަކެއް ނުލިބޭ ރިޕޯޓްތައް ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް