ads
ސްކޫލް ދަރިވަރުންތަކެއް--
ސްކޫލްތަކުގައި ހިންގި ދަސްވާރުގެ ބަދަލުގައި ހޭވައްލާ!
ކިޔެވުމަށް ދަށް ދަރިވަރުންނަށް އަމާޒުކޮށް ފެށި "ދަސްވާރު" ޕްރޮގްރާމުގެ ބަދަލުގައި ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމަށް "ހެއްވާލާ" ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި އެވެ.

ރ. އުނގޫފާރު ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމު ފަށްޓަވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމެވެ. 

ރޭ އިފްތިތާހު ކުރި މި ޕްރޮގްރާމަކީ ދަސްވާރު ޕްރޮގްރާމާ ވަރަށް ބޮޑަށް ތަފާތު ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމު، އަމާޒުކޮށްފައި ވަނީ ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން އެ ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ ކުދިންނަށެވެ. 

ރާއްޖޭގެ 20 ސްކޫލެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮގްރާމުގެ ދަށުން  މުޖުތަމައެއްގައި އާންމުކޮށް ކުރާ މަސައްކަތްތަކާއި ލިބެންހުރި ވަސީލަތްތަކަށް ބޭނުންކޮށްގެން އެ ސްކޫލެއްގެ ދަރިވަރުންނަށް ދަސްކޮށްދޭނެ ހުނަރެއް ކަނޑައަޅާނީ އެ ސްކޫލަކުންނެވެ.

މި ޕްރޮގްރާމު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ދަސްވާރުން ބުނެދިނީ ހުނަރު ޕްރޮގްރާމް ހިންގަނީ ނުކިޔަވާ ދަށް ކުދިން ނުވަތަ ސިޔާސަ ކުދިންނަށް ކަމަށެވެ. އަދި އެކަމުގެ ނަތީޖާއަކަށްވީ ހަގީގަތުގައި ހުނަރު ދަސްކުރަން ބޭނުންވި ގިނަ ކުދިންނަށް އެ ފުރުސަތު ނުލިބުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

މިދިޔަ މަހުގެ 24 ގައި ސްކޫލްތަކުގައި ހިންގަމުންދިޔަ، ދަސްވާރު ޕްރޮގްރާމް ހުއްޓާލީ، އެ ޕްރޮގްރާމު އަމާޒު ކުރެވިގެން ދިޔައީ ތައުލީމީ ގޮތުން ދަށް ކަމަށް ބަޔަކު ފާހަގަކުރާ ދަރިވަރުންނަށް ކަމުގައި ވުމުން އޭގެ ނޭދެވޭ އަސަރު ގިނަ ދަރިވަރުން ތަކަކަށް ކޮށްފައިވާ ކަމަށް ބުނެ އެވެ. 

އެގޮތުން ދަސްވާރު ނިންމާ ބައެއް ދަރިވަރުންނަށް މަސައްކަތަށް ބޭނުންވާ ފެންވަރަށް ލިޓްރަސީ އާއި ނިއުމަރަސީ ނޭނގުމުގެ ސަބަބުން ވަޒީފާ ލިބުމުގައި ދަތިތަކެއް ދިމާވަމުންދާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. 

އެގޮތުން ސްކޫލްގެ ނަތީޖާ މަތިކުރުމަށް ގައުމީ މަންހަޖުގައި ހިމެނޭ މުހިއްމު މާއްދާތައް ނުކިޔަވާ ދަސްވާރު ހެދުމަށް މަޖުބޫރު ކުރެވިފައިވާ ކަން ފާހަގަކުރަމުން މިނިސްޓްރީން ބުނެފައިވަނީ އެކަމުގެ ސަބަބުން ދަރިވަރުންގެ ސާނަވީ ތައުލީމުގެ މަރުހަލާއަށް ވަރަށް ނޭދެވޭ އަސަރު ކުރާ ކަމަށެވެ.

އޭގެ އިތުރުން ގްރޭޑް 10 ގައި ދަސްވާރު ޕްރޮގްރާމް ހެދޭކަން އެގުމުން ދަށް ގްރޭޑް ތަކުގައިވެސް ދަރިވަރުން ކިޔެވުމަށް ސަމާލުކަން ނުދީ "ލުއި" ގޮތަކަށް ސާނަވީ މަރުހަލާ ނިންމާކަން ފާހަގަކުރެވިފައިވާ ކަން ވެސް މިނިސްޓްރީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް