ads
ޖިންސީ ގޯނާގެ ޝިކާރައަކަށްވި ތުއްތު ކުއްޖާ އަދި އެ ކުއްޖާގެ ބައްޕަ (ވ) އަދި މުނިކާފަ (ކ)-- ފޮޓޯ: ސޯޝަލް މީޑިއާ
ދެ އަހަރު ނުފުރޭ ކުއްޖާ ރޭޕް ކުރި މައްސަލައިގައި މަންމައާއި ބައްޕައަށް ދައުވާކޮށްފި
ދެ އަހަރު ނުފުރޭ ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައިގައި އެ ކުއްޖާގެ މަންމަ އަދި ބައްޕަގެ މައްޗަށް ދައުވާ ކޮށްފި އެވެ.

އެ ދެމީހުންގެ މައްޗަށް ދައުވާކޮށްފައިވާކަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. 

ޕީޖީން ބުނެފައިވަނީ، ގއ. ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކަށް ބެލެނިވެރިން އަޅާނުލި މައްސަލައިގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓްނުކުރުމުގެ ކުށުގެ ދައުވާ އާއި ޤާނޫނުލްއުޤޫބާތުގެ 414 ވަނަ މާއްދާގެ ދަށުން މަންމައަކަށް ނުވަތަ ބައްޕައަކަށް ހުރެ، އެޤާނޫނުގެ 130 ވަނަ ބާބުގައި އޮތްކުށެއް ކުއްޖާއާ މެދު ކުރުމަކީ، އެކަށީގެންވާ ކަމެއްކަން އެނގިހުރެ އެކަން ހިނގިޔަ ނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުއަޅާފައިނުވުމުގެ ކުށުގެ ދައުވާ ހުށަހަޅާފައިވާ ކަމަށެވެ. 

އެ ކުއްޖާ ރޭޕް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ކުއްޖާގެ ކާފަ އާއި އެކުއްޖާގެ މުނި ކާފަގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. 

އެގޮތުން ދައުވާ އުފުލާގައި ވަނީ ގއ. ކަނޑުހުޅުދޫ ރިހިވެލި، އުމުރުން 62 އަހަރުގެ، އިބްރާހީމް ދީދީ އާއި ކަނޑުހުޅުދޫ، އަންނާރުމާގޭ، އުމުރުން 82 އަހަރުގެ ހަސަން މޫސާ ދީދީގެ މައްޗަށެވެ.  

ދައުލަތުގެ ފަރާތުން އެ ދެމީހުންގެ މައްޗަށް ކުރަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ، ގާނޫނުގެ ގެ ދަށުން، އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް