ads
މުސްލިމު އާއިލާއެއް ސަލާމަތްކުރި ހިންދޫއަކު މަރާ ހަނގުރާމަ ކުރަނީ
މުސްލިމު އާއިލާއެއް ސަލާމަތްކުރަން އަލިފާނުގެ ތެރެއަށް ވަން ހިންދޫއަކު މަރާ ހަނގުރާމަ ކުރަނީ
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މުސްލިމުން ދިރިއުޅޭ ގެތަކާއި އެމީހުންގެ ވިޔަފާރިތަކަށް އަމާޒުކޮށް ތަފާތު އެކި ހަމަލާތައް ދެމުންދާތާ މިއީ ހަތަރު ވަނަ ދުވަހެވެ.

މިއީ ފަހުގެ ތާރީހެއްގައި ދިއްލީގައި ހިނގަމުންދާ އެންމެ ބޮޑު ހަމަނުޖެހުމެވެ. މިދިޔަ އާދީއްތަ ދުވަހު އެންމެ ފުރަތަމަ ހަމަނުޖެހުން އުފެދުނީ ސިޓިޒެންޝިޕް ގާނޫނާ ދެކޮޅަށް މުޒާހަރާ ކުރަމުން ދަނިކޮށެވެ. ހިންދޫއިންގެ ގްރޫޕުތަކުން ނިކުމެ، މުސްލިމުންނާއި ދެކޮޅަށް ކުރިއަށް ގެންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 27 މީހަކު މަރުވެފައިވާއިރު 200 އާގާތް ކުރާ އަދަދަކަށް މީހުންނަށް ވަނީ ޒަހަމްތައް ވެސް ލިބިފަ އެވެ. 

ކޮންމެއަކަސް މުސްލިމުންނާއި ދެކޮޅަށް ހިންގާ މި ހަމަޖެހުންތަކުގައި ހިންދޫއަކު މިވަނީ އޭނާގެ މުސްލިމު އަވަށްޓެރިންގެ ދިފާއުގައި ނިކުމެފަ އެވެ. އެގޮތުން ޕްރެމްކަންތު ބަގެލް ނަމަކަށް ކިޔާ ހިންދޫއަކު މިވަނީ އޭނާގެ މުސްލިމު އަވަށްޓެރިއެއްގެ ގޭގައި ހުޅުޖަހައިގެން އުޅޭކަމުގެ ހަބަރާއެކު އެތަނަށް ގޮސް އެ އާއިލާގެ ހަ މެމްބަރުން ސަލާމަތްކޮށްފަ އެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި، އެ ގޭގައި އަލިފާން ރޯކުރިއިރު، ހަ މެމްބަރަކު ގޭގައި އުޅުނެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ އަންހެނަކު ވެސް ހިމެނެ އެވެ. އެގޮތުން ގޭގައި ރޯވެފައި އޮތް އަލިފާންގަނޑުގެ ތެރެއަށް ވަދެ، އޭނާ ވަނީ އެމީހުން ގެއިން ނެރެ، އެމީހުންގެ ފުރާނަ ސަލާމަތްކޮށްދީފަ އެވެ. 

ނަމަވެސް މި މީހުން ސަލާމަތްކުރުމަށް އުޅުމުގެ ތެރޭގައި އޭނާގެ ގައިގެ 70 އިންސައްތަ ފިހިފައިވާ ކަމަށް ވެއެެވެ. އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސްއަށް ގުޅި ނަމަވެސް އެއްވެސް ބަޔަކު އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް ވެސް އެހީތެރިއެއް ނުވެ އެވެ. މިހެންވެ، އޭނާ ހޮސްޕިޓަލަށް ގެންދެވުނީ އެ ހާލުގައި މުޅިރޭ ހޭދަކުރުމަށް ފަހެވެ. 

އޭނާ ދުނިޔޭގައި އޮންނާނެ ކަމާއި މެދު ވެސް އާއިލާއިން އުއްމީދު ކަނޑާލާފައިވީނަމަވެސް ދިއްލީގެ ޖީޓީބީ ހޮސްޕިޓަލަށް އޭނާ ގެންދިއުމާއެކު ފަރުވާދޭން ފަށާފައިވާ ކަމަށް ވެއެެވެ. 

20%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
66%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް