ads
ފުލުހުން ކުރިން ހިންގި އޮޕަރޭޝަނެއްގައި އަންހެނަކު ހައްޔަރު ކުރަނީ
މާރާމާރީ ހިންގައިގެން އަނެއްކާވެސް އަންހެނަކު ހައްޔަރުކޮށްފި
މާރާމާރީ ހިންގައި ފުލުހުންގެ ދައުރަށް ހުރަސް އަޅައިގެން 27 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.

އުމުރުން 27 އަހަރުގެ މި އަންހެން މީހާ ހައްޔަރުކޮށް ބަންދު މުއްދަތަށް ކޯޓަށް ގެންދިޔުމުން އޭނާ 10 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކުރިއެވެ. 

މިއީ ނ. އަތޮޅު ލަންދޫއަށް ނިސްބަތްވާ އަންހެނެކެވެ. މި އަންހެން މީހާ ހައްޔަރުކުރަން މެދުވެރިވި ހާދިސާގެ ތަފްސީލެއް ނުލިބެއެވެ. 

މާރާމާރީ ހިންގައި، އަދި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައިގެން އަންހެނަކު މިއަދު ހައްޔަރު ކުރިއިރު، ބޭބެއަށް ވަޅިން ހަމަލާދީގެންވެސް މި ނިމުނު ހަފްތާތެރޭ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެ އަންހެން މީހާ ބަންދު ކުރީ 15 ދުވަހަށެވެ. 

22%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް