ads
ރައީސް ޔާމީން
ޔާމީންގެ ހުކުމް ކަމަށް ބުނެ ލިޔުމެއް ލީކުކޮށްލައިފި
ރައީސް ޔާމީންގެ މައްޗަށް މާދަމާ ކްރިމިނަލް ކޯޓުން ކުރަން އޮތް ހުކުމް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ލިޔުމެއްގެ ބައެއް ލީކުކޮށްލައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް މާދަމާ ކްރިމިނަލް ކޯޓުން ކުރަން އޮތް ހުކުމް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ލިޔުމެއްގެ ބައެއް ލީކުކޮށްލާފައިވަނީ ހަސަން ކުރުސީގެ ނަމުގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ އެކައުންޓުންނެވެ.

ލީކުކޮށްލާފައިވަނީ ކްރިމިނަލް ކޯޓުގެ ހުކުމަކާ ދާދި އެއްގޮތަށް ހަދާފައިވާ 125 ސަފްހާގެ ފައިލެއްގެ އެންމެ ފަހު ސަފްހާ ނުވަތަ ހުކުމް ހިމެނޭ ސަފްހާއާ ދާދި އެއް ގޮތް ލިޔުމެކެވެ. އިސް ގާޒީ އަހްމަދު ޝަކީލުގެ ނަމުގައި މި ؛ިޔުން އޮތް ނަަމަވެސް އޭގައި ސޮއެއް ނެތެވެ. މިއީ ސައްހަ އެއްޗެއް ކަމެއް ނުވަތަ ނޫން ކަމެއް އެނގިފައެއް ނުވެއެވެ. ސައްހަ ނޫން އެއްޗެއް ނަަމަވެސް މި ލިޔުން ހަދާފައިވަނީ ކްރިމިނަލް ކޯޓުގެ ހުކުމްވެސް ހުންނަ ގޮތަށް ފުޓްނޯޓްވެސް ހިމަނައިގެންނެވެ. 

ކްރިމިނަލް ކޯޓުން އަދި މި ކަމާ ގުޅޭ އެއްޗެއް ބުނެފައެއް ނުވެއެވެ. 

ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކައުންޓުން ލީކުކޮށްލާފައިވާ މި ހުކުމުގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމް ކުރާ ކަމަށެވެ. އަދި އެ ހުކުމް ހަތަރު އަހަރު ދުވަހުގެ ގެ ބަންދަކަށް ބަދަލު ކުރާ ކަމަށްވެސް ލީކުކޮށްލާފައިވާ ހުކުމުގައި ބުނެފައިވެއެވެ. 

ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކައުންޓަކީ ކާކުގެ އެކައުންޓެއްކަން ރަސްމީކޮށް އެނގިފައި ނެތް ނަމަވެސް ގިނަ ބަޔަކު ދެކެނީ އެއީ ރައީސް ނަޝީދު ނުވަތަ ރައީސް ނަޝީދާ އަރިސް މީހަކު ހިންގާ އެކައުންޓެއް ކަމަށެވެ. ރައީސް ނަޝީދުވަނީ އެއީ އެ މަނިކުފާނުގެ އެކައުންޓެއް ނޫން ކަމަށް ވިދާޅުވެފައެވެ. 

30%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
24%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް