ads
ކްރިމިނަލް ކޯޓު ސަރަހައްދުގައި ފުލުހުން ކުރީ ދުވަހެއްގައި
ޔާމީންގެ ހުކުމާ ދިމާކޮށް ކޯޓު ސަރަހައްދު ސަލާމަތީކަންކަން ވަރުގަދަކޮށްފި
ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލުކޮށްފައިވާ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައާ ދިމާކޮށް، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ޝަރީއަތުގެ މަޖިލީސް އޮތީ މިއަދު ހެނދުނު 09:00 ގައެވެ. އެކަމާ ދިމާކޮށް ކްރިމިނަލް ކޯޓު ހިމެނޭ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން މިހާރުވެސް ހަރަކާތްތެރިވަމުންދާއިރު، ބައެއް މަގުތަކުގައި ބެރިކޭޑް ޖަަހައި ދުއްވާ އެއްޗިހި މިހާރުއްސުރެ ކޮންޓްރޯލްކުރަން ފުލުހުންވަނީ ފަށާފައެވެ. 

އާރަށު މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި މައްސަލައިގެ ދައުވާތައް ޔާމީންގެ މައްޗަށް ސާބިތުވެއްޖެނަމަ މަދުވެގެން އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އާރަށު މައްސަލާގައި ހުކުމް މިއަދު އޮންނައިރު، އެމަނިކުފާނަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓުވެސް މެއެވެ. މިދިޔަ ހުކުރު ދުވަހު އެ މަނިކުފާނު ވިދާޅުވީ އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދަރު މޯދީ ހިތްހަމަ ނުޖެހެންޏާ ޖަލަށްދާން ޖެހިދާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް