ads
އިމިގްރޭޝަންގެ އަންހެން ޓީމް
އިންޓައޮފީސް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން އެމްއެންޑީއެފަށް
ފަސްވަނަ އިންޓައޮފީސް ހޭންޑްބޯލް މުބާރާތުގެ ފިރިހެން އެއްވަނަ ޑިވިޝަންގެ ޗެމްޕިއަންކަން އެމްއެންޑީއެފުން ހޯދައިފި އެވެ. އެމްއެންޑީއެފުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި އެމްޕީއެލްއާ ވާދަކޮށް މެޗު ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ ދެވަނަ ޑިވިޝަންގެ އަންހެން ޗެމްޕިއަންކަން ދިފާޢު ކުރީ އިމިގްރޭޝަނުންނެވެ. އިމިގްރޭޝަން ފައިނަލްގައި ވާދަކުރީ ވެސް އެމްޕީއެލްއާ އެވެ. ދެވަނަ ޑިވިޝަންގެ ފިރިހެން ޗެމްޕިއަންކަން ހޯދާފައި ވަނީ އެސްޓީއޯ އެވެ. އެސްޓީއޯ މި މެޗުގައި ވާދަކުރީ އައިޖީއެމްއެޗާ އެވެ.

މި ފަހަރުގެ އިންޓައޮފީސް ހޭންޑްބޯލް މުބާރާތުގައި 26 އޮފީހަކުން ވާދަކުރި އެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ތިން ބަޔަކަށެވެ. އެއީ އެއްވަނަ ޑިވިޝަން ފިރިހެން އަދި ދެވަނަ ޑިވިޝަން އަންހެން އަދި ފިރިހެނެވެ. އެއްވަނަ ޑިވިޝަން އަންހެން އެއްވެސް ޓީމެއް ބައިވެރިވެފައެއް ނުވެ އެވެ.

މި މުބާރާތުގެ ފިރިހެން އެއްވަނަ ޑިވިޝަންގައި ބައިވެރިވެފައި ވަނީ ތިން ޓީމެވެ. އަދި ދެވަނަ ޑިވިޝަން ފިރިހެން ބައިގައި 15 ޓީމު ވާދަކުރި އިރު، އެންމެ ގިނަ ޓީމްތައް ބައިވެރިވެފައި ވަނީ ދެވަނަ ޑިވިޝަން އަންހެން ބައިގަ އެވެ. ދެވަނަ ޑިވިޝަން އަންހެން ބައިގާ ޖުމްލަ 24 ޓީމުން ވާދަކުރި އެވެ. މި މުބާރާތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ސަރުކާރުގެ އޮފީސްތަކުގެ އިތުރުން ޝަރުއީ ދާއިރާގެ ބައެއް ޓީމްތަކާއި މިނިވަން މުޢައްސަސާތަކުން ވެސް ބައިވެރިވެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް