ads
ޝްރުތީ ހަސަން--
ފާޑުކިޔުންތަކާއެކު ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ޝްރުތީ އެއްބަސްވެއްޖެ
ޕްލާސްޓިކް ސާޖަރީއެއް ހަދަފައިވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް ބަތަލާ ޝްރުތީ ހަސަންއަށް އަމާޒުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯއަކާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ކުރިމަތިވެފައިވާތީ ޝްރުތީ ވަނީ އެފަރާތްތަކަަށް ރައްދެއް ވެސް ދީފަ އެވެ. އެގޮތުން ބުނީ ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ކަމަށާއި އަދި އެކަން ކުރީ އޭނާ ޕްލާސްޓިކް ސާޖަރީއާއެކު ދިރިއުޅެން ބޭނުންވާތީ ކަމަށެވެ.

އޭގެ އިތުރުން ޕްލާސްޓިކް ސާޖަރީ ހެދިކަމަށް އެއްބަސްވާން ވެސް ލަދު ނުގަންނަ ކަމަށް ޝްރުތީ ބުންޏެވެ. 

އެގޮތުން މާބޮޑަށް ފަލަކަމަށް ނުވަތަ ހިކި ކަމަށް ބުނެ ވެސް ދޭތެރެދޭތެރެއިން މީހުން ފާޑުކިޔާ ކަމަށާއި ނަމަވެސް މީހުން އޭނާއާ މެދު ދެކޭ ގޮތަކާއި މެދު ނުވިސްނާ ކަމަށް ވެސް ޝްރުތީ ބުންޏެވެ.

ތަމަޅަ ފިލްމުތަކުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ޝްރުތީ ބޮލީވުޑުގެ ބައެއް ފިލްމުތަކުން ވެސް ފެނިފަ އެވެ. އެގޮތުން ހާންމޯޝި އާއި ތޭވަރު ފަދަ ހިންދީ ފިލްމުތަކުން އޭނާ ފެނިގެންދިޔަ އެވެ. 

43%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް