ads
ރައީސް މުހައްމަދު ނަޝީދު
ޑިމާންޑްކުރި ގޮތް ނުވުމުން ނަޝީދު ފެކްޝަން ވޯކްއައުޓް
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބީ ކޮމިޓީއާ ގުޅޭ ގޮތުން ރައީސް ނަޝީދު ފެކްޝަނުން ޑިމާންޑް ކުރި ގޮތަކަށް ކަންތައް ނުވުމުން، ރައީސް ނަޝީދު ފެކްޝަން ގައުމީ މަޖިލީހުގެ ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި މިރޭ އޮތް ބައްދަލުވުމުގައި ނަޝީދު ފެކްޝަނުން ބޭނުންވީ އިންތިހާބު ކޮމިޓީއަށް ފަސް މެންބަރުން ހޮވުމަށް، ކޮންމެ ކެންޑިޑޭޓަކު ދެ ނަން އަދި ދެ ކެންޑިޑޭޓުން އެއްބަސްވާ އެއް ބޭފުޅަކު ހޮވުމަށެވެ. އެހެންނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން އަދި ޕާޓީގެ ލީޑާޝިޕުން އެ ޑިމާންޑްތަކަށް ދީލައެއް ނުލިއެވެ. ގައުމީ މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ފެކްޝަނުންނެވެ.

ނަޝީދު ފެކްޝަނުން ޑިމާންޑް ކުރި ގޮތަށް ނުވުމުން އެ ފެކްޝަނުން ގައުމީ މަޖިލީހުގެ ޖަލްސާ ދޫކުރައްވައި ނުކުންނެވީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންކަމުން އިންތިހާބީ ކޮމިޓީ ހޮވިފައިވަނީ ނަޝީދު ފެކްޝަނުގެ ވޯޓާ ނުލައެވެ. 

އިންތިހާބު ކޮމިޓީއަށް ފާސްވެފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހަޅުއްވައި އިބްރާހިމް ޝަރީފް ތާއީދުކުރެއްވި ކޮމިޓީ އެވެ. 

އިންތިހާބު ކޮމިޓީއަށް މިރޭ ހޮވި މެންބަރުން

  • އިބްރާހިމް ވަހީދު
  • އަކްރަމް ކަމާލުއްދީން
  • އަހުމަދު އަބްދުﷲ އަފީފް
  • އަނަސް އަބްދުއްސައްތާރު
  • މުހައްމަދު އީމާން
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް