ads
ސިކުނޑި ކާލާ ވައިރަހެއް! ސަލާމަތް ވާނީ ކިހިނެތް؟
ސިކުނޑި ކާލާ ވައިރަހެއް! ސަލާމަތް ވާނީ ކިހިނެތް؟
ކޮވިޑުގެ ބަލިމަޑުކަމުން މުޅި ދުނިޔެ އެއްކޮށް އަދިވެސް ސަލާމަތް ނުވެއެވެ. އެ އާލަމީވަބާ އިން ސަލާމަތް ނުވެގެން އުޅެނިކޮށް އަނެއްކާވެސް މިވަނީ ނުރައްކާތެރި ވައިރަހެއް ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި ފެތުރޭތީ ސަމާލުވާން ޖެހިފައެވެ.

"ނައެގްލެރިއާ" (Naegleria) ގެ ނަމުން މަޝްހޫރު މި ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ނައިޖީރިއާއިންނެވެ. އަދި އިއްޔެ މި ވަރިއަސް ދެކުނު ކޮރެއާއިން ވަނީ ފެނިފައެވެ. ވައިރަސް ޖެހިގެން 56 އަހަރުގެ މީހަކު ދެކުނު ކޮރެއާއިން މަރު ވެސް ވަނީ ވެފައެވެ. މި ވައިރަސް އެމެރިކާ އަދި ޗައިނާ ވެސް އެބައުޅެއެވެ. 

your imageނައެގްލެރިއާ ވައިރަސް:

ނައެގްލެރިއާ އަކީ ކޮބާ؟

ނައެގްލެރިއާ އަކީ މިނިވަންކަމާއެކު ދިރިއުޅޭ އެއް ސެލްގެ މައްޗަށް އެކުލެވޭ ދިރޭ ޖަރާސީމެކެވެ. އެއީ ހަމައެކަނި މައިކްރޯސްކޯޕަކުން ފެންނަ ވަރުގެ ކުޑަ އެއްޗެކެވެ. އާންމުކޮށް މި ވައިރަސް ފެންނަނީ ހޫނު އަދި ތާޒާ ފެނުގެތެރެއިންނެވެ. ކޯރުތަކާ ކުޅިތައް ފަދަ ތަންތަނުގައި މި ވައިރަސް ދިރިއުޅެވެ. ވައިރަސް އެންމެ ނުރައްކާތެރީ ވަރަށް ހޫނުގައިވެސް ދިރިއުޅޭތީއެވެ. އަދި ވައިރަހަށް ކަމުދަނީ ވެސް ފެންގަނޑު ހޫނުވުމުންނެވެ. މި ވައިރަހުގެ އެތައް ބާވަތެއް އުޅުނު ނަމަވެސް އިންސާނުންގެ ގަޔަށް ވަންނަނޯ "ނޭގްލެރިއާ ފައުލެރީ" ކިޔާ ވައްތަރެވެ. 

ނައެގްލެރިއާ ފައުލެރީ އިން މީހުންނަށް ބަލި ޖެހެނީ ކިހިނެއް ހެއްޔެވެ؟

ނައެގްލެރިއާ ފައުލެރީ މީހުންނަށް ބަލި ޖެހެނީ ވައިރަސް ދިރިއުޅޭ ފެން ނޭފަތުން ހަށިގަނޑަށް ވަންނަ ވަގުތުތަކުގަ އެވެ. މިއީ އާންމުކޮށް ފަތަން ދާއިރު، ޑައިވިންގ އަށް ދާއިރު ނުވަތަ ކޯރުތައް ފަދަ ތާޒާ ފެނުތެރޭގައި އުޅޭއިރު ހަށުގަނޑަށް ވަންނަ ވައިރަހެކެވެ.

ވައިރަސް ނޭފަތުން މައްޗަށް ގޮސް ސިކުނޑިއަށް ގޮސް ސިކުނޑީގެ ޓިޝޫ ހަލާކުކޮށް ޕްރައިމަރީ އަމެބިކް މެނިންޖޯއެންސެފަލައިޓިސް (ޕީއޭއެމް) ކިޔާ ފަނާކުރަނިވި އިންފެކްޝަނެއް އުފެދެއެވެ. ޕީއޭއެމް އިންފެކްޝަންތަކުގައި މީހުން މަރުވާރޭޓު ވަރަށް މައްޗެވެ. 

ނޭފަތް ސާފުކުރުމަށް ތަޣައްޔަރުވެފައިވާ ނަރުދަމާ ފެން ބޭނުންކުރުމުން ވެސް ނޭގްލެރިއާ ފައުލެރީ އިންފެކްޝަންތައް ދިމާވެދާނެ އެވެ. މިސާލަކަށް ވުލޫކުރުމަށް ވެސް ތަގައްޔަރުވެފައި ހުރި ފެނެއް ބޭނުންކޮށްގެން މި ވައިރަސް ޖެހިދާނެއެވެ. 

your imageކޯރެއް ކައިރިން ބަޔަކު ފެން ނަގަނީ

ވަރަށް މަދުން ނަމަވެސް ޕޫލް، ސްޕްލެޝް ޕެޑް ނުވަތަ ސާފް ޕާކް ފަދަ ތަންތަނުގައި ވެސް އެކަށީގެންވާ ވަރަށް ކްލޮރިން ނުހުންނަ ފެނުގެ ތެރެއިން ވެސް މި ވައިރަސް ފެތުރެއެވެ.  

ފެންވަރާ ޝަވަރު މިސްޓް ނުވަތަ ހިއުމިޑިފަޔާ މެދުވެރިކޮށް ފެތުރިދާނެ ކަމުގެ އެއްވެސް ހެއްކެއް އަދި ނުފެނެއެވެ. ތަޣައްޔަރުވެފައިވާ ފެން ބުއިމުން މީހުންނަށް ނޭގްލެރިއާ ފައުލެރީ ބަލި ޖެހޭކަން ވެސް އަދި ފާހަގަ ވެފައެއް ނުވެއެވެ.

ނޭގްލެރިއާ ފައުލެރީ އިންފެކްޝަންތައް އެންމެ ގިނައިން ފެތުރެނީ ކޮން މޫސުމެއްގައި؟ 

އާންމުކޮށް އިންފެކްޝަންތައް ޖެހެނީ ހޫނު މޫސުމުގައެވެ.

ނޭގްލެރިއާ ފައުލެރީ ޖެހުމަކީ މަދުން ނަމަވެސް ދިމާވާ ކަމެއް ނަމަވެސް، މިއީ މައިގަނޑު ގޮތެއްގައި ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހުގެ ހޫނު މޫސުމުގެ މަސްތަކުގައި މި ބަލި ޖެހޭ މިންވަރު އިތުރުކަމަށް އެމްރިކާގެ ސީޑީސީން ވަނީ ބުނެފައެވެ. 

މިއީ ގައިންގަޔަށް އަރާ ވައިރަހެއް ހެއްޔެވެ؟ 

މިއީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. ނައެގްލެރިއާ ފައުލެރީ އިންފެކްޝަން ފެތުރެނީ ފެނުގެ ޒަރިއްޔާއިން ނެވެ. 

ނޭގްލެރިއާ ފައުލެރީ އިންފެކްޝަންގެ އަލާމާތްތަކަކީ ކޮބާ؟

ނޭގްލެރިއާ ފައުލެރީ އަކީ ސިކުނޑީގެ ޓިޝޫތައް ހަލާކުކޮށްލާ ސިކުނޑީގެ އިންފެކްޝަނެއް ކަމަށްވާ ޕީއޭއެމް ޖެހުމެވެ. އޭގެ ކުރީކޮޅު ޕީއޭއެމްގެ އަލާމާތްތައް ބެކްޓީރިއަލް މެނިންޖައިޓިސްގެ އަލާމާތްތަކާ އެއްގޮތް ވެދާނެއެވެ.

އާންމުކޮށް ޕީއޭއެމްގެ ފުރަތަމަ އަލާމާތްތައް ފެށެނީ ބަލިޖެހުމަށްފަހު ގާތްގަނޑަކަށް 5 ދުވަސް ފަހުން ނަމަވެސް 1 ދުވަހުން 12 ދުވަހުގެ ތެރޭގައެވެ. އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިހުން، ހުމުގެ އަސަރު، މޭނުބައިކުރުން، ނުވަތަ ހޮޑުލުން ފަދަ ކަންކަން ހިމެނިދާނެއެވެ. ފަހުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ކަރު ހަރުވުމާއި، އޮޅުން ބޮޅުން ވުމާއި، މީހުންނާއި ވަށައިގެންވާ މާހައުލަށް ސަމާލުކަން ނުދިނުން، ހޭލޫސިނޭޝަން، އަދި ކޯމާ ފަދަ ކަންކަން ހިމެނެއެވެ. އަލާމާތްތައް ފެންނަން ފެށުމަށްފަހު، ބަލި ހަލުވިކަމާއެކު ކުރިއަރާ، އާންމުކޮށް ގާތްގަނޑަކަށް 5 ދުވަހުގެ ތެރޭގައި ބަލިޖެހޭ މީހުން މަރުވެއެވެ.

your imageއިންޑިއާގެ ހޮސްޕިޓަލެއް

ނޭގްލެރިއާ ފައުލެރީ އިންފެކްޝަން ފަރުވާއެއް ނެތް: 

މި ވައިރަހުން ޖެހޭ އިންފެކްޝަނަށް ފައިދާހުރި ފަރުވާތައް ދެނެގަތުމަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. ވަކި ބޭސްތަކަކީ ފައިދާހުރި ބޭސްތަކަކަށް ވެދާނެ ކަމުގެ ބައެއް ހެކިތައް ހުރި ނަމަވެސް، މި އިންފެކްޝަންތަކަށް ފަރުވާ ދިނުމަށް އެންމެ ރަނގަޅު ބޭސްތަކުގެ މައުލޫމާތު އަދިވެސް ސައިންސުވެރިން އަންނަނީ ދަސްކުރަމުންނެވެ. 

މި ވައިރަސް ހަށިގަނޑަށް ވަންނަ މީހުންގެ 97 ޕަސަންޓު މީހުން މަރުވެއެވެ. 

12%
ކަމުގޮސްފި
28%
އަޑުއެހިތާ މިހުރީ
53%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް