ads
ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ހޮސްޕިޓަލެއްގެ މުވައްޒަފަކު ސޫޓު ލައިގެން-- ފޮޓޯ: ފައިނޭންޝަލް ޓައިމްސް
އީރާނާއި ދެކުނު ކޮރެއާއިން އަންނަ ދިވެހިން ވެސް ކެރެންޓީން ކުރަނީ
ޗައިނާގެ އިތުރުން އީރާނާއި ދެކުނު ކޮރެއާއިން ރާއްޖެ އަންނަ ދިވެހިން ވެސް 14 ދުވަހަށް ކެރެންޓީނު ކުރަން ސަރުކާރުން ނިންމައިފި އެވެ.

ޗައިނާއިން އަލަށް ފެނުނު ކޮވިޑް-19 ގެ ސަބަބުން އެގައުމުން އަންނަ ދިވެހިން 14 ދުވަހަށް ކެރެންޓީން ކުރުމުގެ މަސައްކަތް ކުރިން ދިޔެއީ ކުރަމުންނެވެ. 

ނަމަވެސް ޗައިނާގެ އިތުރުން އެހެން ގައުމުތަކުގައި ވެސް މި ބަލި ހަލުވިކަމާއެކު ފެތުރެން ފަށާފައި ވާތީ، އިތުރު ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފަ އެވެ. 

އެގޮތުން ހެލްތު މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އީރާނާއި، ދެކުނު ކޮރެއާގެ ވަކި ސަރަހައްދުތަކަކުން ރާއްޖެ އަންނަ ދިވެހިން ދެ ހަފްތާއަށް ކެރެންޓީން ކުރަން މިހާރު ނިންމާފައިވާ ކަމަށެވެ. 

އޭގެ އިތުރުން އީރާނުން ސީދާ އަންނަ ކްރޫ އާއި ފަސިންޖަރުންނާއި، އެގައުމުގައި ޓްރާންސިޓް ކުރުމަށް ފަހު އަންނަ ފަސިންޖަރުން ވެސް ރާއްޖެ އެތެރެވުން ވަނީ މަނާކޮށްފަ އެވެ. 

ހަމަ އެގޮތަށް ދެކުނު ކޮރެއާގެ ޑައެގޫ އާއި ގިޔޮންގްބުކް، ބުސާން އާއި ގިޔޮންގްނަމް އަދި ގިޔޮންގީ އާއި ސޯލް އިން ދަތުރުކުރާ ފަސިންޖަރުންނާއި ކްރޫ އަދި އެ ތަންތަނުގައި ޓްރާންސިޓުކޮށްފައި އަންނަ މީހުންނަށް ވެސް ރާއްޖެ އެތެރެވުން މަނާ ވާނެ އެވެ. 

އަލަށް އެޅި ފިޔަވަޅުތައް:

  • 26 ފެބްރުއަރީން ފެށިގެން ދިވެހިން ފިޔަވައި އީރާނުން ވައިގެ މަގުން ސީދާ ދަތުރު ކުރާ ފަސިންޖަރުންނާއި ކްރޫ އާއި ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި އީރާނުގައި ޓްރާންސިޓުކޮށް ނުވަތަ ޒިޔާރަތްކޮށްފައިވާ މީހުން ރާއްޖެ އައުން މެދުކަނޑާލުން
  • 3 މާރިޗުން ފެށިގެން ދިވެހިން ފިޔަވައި، ދެކުނު ކޮރެއާގެ ޑައެގޫ އާއި ގިޔޮންގްބުކް، ބުސާން އާއި ގިޔޮންގްނަމް އަދި ގިޔޮންގީ އާއި ސޯލް އިން ދަތުރުކުރާ ފަސިންޖަރުންނާއި ކްރޫ އާއި ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ދެކުނު ކޮރެއާގެ އެ ސަރަހައްދުތަކުން ޓްރާންސިޓުކޮށް ނުވަތަ ޒިޔާރަތްކޮށްފައިވާ މީހުން ރާއްޖެއަށް އައުން މެދުކަނޑާލުން 
  • 26 ފެބްރުއަރީން ފެށިގެން ކްރޫޒްލައިނާސް ރާއްޖެއަށް އައުން މެދުކަނޑާލުން
  • އީރާނާއި ދެކުނު ކޮރެއާގެ ސަރަޙައްދުތަކުން ރާއްޖެއަށް އަންނަ ދިވެހިން 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން

އެ ބަޔާނުގައި އިތުރަށް ވަނީ މިބަލި ފެތުރޭ ގައުމުތަކަށާއި، މި ބަލި ފެންނަ ގައުމުތަކަށް ނުދިޔުމަށް އިލްތިމާސްކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް