ads
މަރުގެ މައްސަލާގައި ހައްޔަރު ކުރި ޝާހިލް
ސާހިލްގެ މައްޗަށް މަރުގެ ދައުވާ އުފުލައިފި
ހެންވޭރުކޮޅު ގެއެއްގައި މިދިޔަ އޮގަސްޓް މަހު ހިންގި އަނިޔާވެރި މަރުގެ މައްސަލައިގައި، ފ. ނިލަންދޫ, ފިނިފެންމާގެ އަލީ ސާހިލްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ސާހިލްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިތުރުން އެހެން ހަތަރު ދައުވާއެއް ވެސް ސާހިލްގެ މައްޗަށް އުފުލާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ. އެހެންނަމަވެސް ހުރިހާ ދައުވާގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ. 

ހާމަކޮށްފައިވަނީ ސާހިލްގެ މައްޗަށް ކޮށްފައިވާ މަރުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމާއި ކެނެބިސް ބޭނުންކުރުމުގެ ދައުވާ އެވެ.

ސާހިލްއަކީ 2017 ވަނަ އަހަރު ރާއްޖޭން ބޭރުގައި ބޭއްވި ސްކޭޓިން މުބާރާތަކުން އެއް ވަނަ ހޯދާފައިވާ ޒުވާނެކެވެ. ކުޅިވަރުގެ މަޝްހޫރު ސްޕޮންސަރު ރެޑްބުލްއާއެކު ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ފަހުން އެ ކުންފުނިން ސާހިލްއާ ފެއަށް ޖެހިލި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް