ads
ފޮޓޯ: ރައީސް އޮފީސް
ސިޔާސަތުތައް ތަންފީޒު ކުރުމަށް 201 ބިލު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަންކަމަށް ހައްލެއް ހޯދައިދެއްވުމަށެވެ. ކުރީ ސަރުކާރުން ޤާނޫނީ އިމުގެ ބޭރުން ކޮށްފައި ހުރި ކަންކަން ބަލާ އެ ރައްޔިތުންނަށް އަދުލުއިންސާފު ލިބޭނޭ ކަން ކަށަވަރުކޮށްދިނުމަށެވެ.

ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ރައީސް ސޯލިހްގެ ސަރުކާރުން އަންނަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ. 

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއެއް އެބައޮތެވެ. އަމާޒު ހިފާފައިވަނީ ވައުދުތައް ފުއްދުމަށް ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މަޖިލީހަށް ޖުމުލަ 201 ބިލެއް ހުށަހަޅާށެވެ. މިހާތަނަށް އޭގެ ތެރެއިން 50 އަށްވުރެއް ގިނަ ބިލު ހުށަހަޅައި އޭގެން ބައެއް ބިލު ފާސްކޮށް ޤާނޫނަށް ވެފައި އެބަހުއްޓެވެ.

ރައްޔިތުންގެ ސަރުކާރެއް ގާއިމުކުރުމަށް ރައްޔިތުން ބޭނުންވީ އެ ރައްޔިތުންނަށް ބާރުތައް ދިނުމަށެވެ. އެ ރައްޔިތުންނަށް އެމީހުން ބޭނުންވާ ކަންކަން އެ ރަށްރަށުގައި ކުރެވޭނެ މަގު ފަހި ވުމަށެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރެއިން މިކަމަށްވެސް ވަނީ ހައްލު ހޯދައިދީފައެވެ. ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބޮޑު އިސްލާހުގެ ތެރެއިން ރައްޔިތުންނަށް މިވަނީ އެމީހުންގެ ހަގީގީ ބާރުވެރިކަން ދެވިފައެވެ. އެ ރައްޔިތުންގެ ކަންކަން ކުރުމަށް މައިސަރުކާރަށް ބަރޯސާވަމުން އައި އައުން ނިމުމަކަށް ގެނެވުނީ އެވެ. ރައްޔިތުންގެ ބާރު އެ ރައްޔިތުންގެ އަތަށް ދެވުނީ އެވެ. 

މީގެ އިތުރުންވެސް މުހިންމު ބިލތަކެއް ފާސްކޮށްފައި އެބަހުއްޓެވެ. 

އޭގެ ތެރޭގައި ޤާނޫނީ ވަކީލުންގެ ފަންނުގެ ޤާނޫނު، ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނު ވިސްލްބްލޯކުރާ ފަރާތްތައް ހިމާޔަތްކުރުމުގެ ޤާނޫނު، ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކުރުމުގެ ޤާނޫނު އަދި ކުޑަކުދިންގެ އަދުލުގެ ޤާނޫނު، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު އަދި އިންތިޤާލީ އިންސާފުގެ ޤާނޫނު ފާހަގަ ކޮށްލެވެއެވެ. 

މީގެ އިތުރުން ޝަރުއީ ދާއިރާއަށް ގެންނަންޖެހޭ މުހިންމު އިސްލާހުތަކާއި ގުޅޭ ބައެއް ބިލްތައް މަޖިލީހަށް މިހާރު ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ބައެއް ބިލުތައް ވަރަށް އަވަހަށް ފޮނުވުމަށްވެސް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ކޯޓުތަކުގެ ޤަނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފަނޑިޔާރުންގެ ޤަނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މަދަނީ އިޖުރާއަތުގެ ބިލުގެ އިތުރުން ޤަނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި ޖިނާއީ އިޖުރާއަތަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ.

ރައީސް ސޯލިހްގެ ސަރުކާރަށް މިވީ އަހަރެއް ހާދުވަހުގެ ތެރޭގައި ވެސް ރައްޔިތުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ވެސް ވަރުބަލިކަމެއް ނެތި ބުރަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައި ހުރިކަން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އަށް ބެލުމުން އެނގެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް