ads
އޮޕޯ އޭ 1 ކޭ ފޯން
އުރީދޫއިން އޮޕޯ ފޯން ތައާރަފްކޮށްފި
އުރީދޫއިން ރާއްޖޭގެ މާކެޓަށް ޗައިނާގެ އޮޕޯ ބްރޭންޑްގެ ފޯނުތައް ތައާރަފްކޮށްފިއެވެ.

އުރީދޫއިން ތައާރަފް ކޮށްފައިވާ ވަނީ އޮޕޯ ރެނޯ 2 އެފް، އޮޕޯ އޭ 1 ކޭ އަދި އޮޕޯ އޭ 5- 2020 އެވެ. 

ކަސްޓަމަރުންނަށް އެންމެ އެކަށޭނެ އަގުގައި މި ފޯނުތައް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެފައި ވާއިރު މި ފޯންތައް ވިއްކުމަށް އެ ކުންފުނިން ވަނީ އިންސްޓޯލްމެންޓް ޕްލޭންތަކެއް ވެސް ތައާރަފްކޮށްފައެވެ. މި ޕެކޭޖްގެ ދަށުން ހަ މަސް ދުވަހަށް ބަހާލައިގެން މަހަކު 333 ރުފިޔާ ދައްކައިގެން ފޯނު ބައްލަވައިގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. 

ފުލްޕޭމަންޓް އަދި އިންސްޓޯލްމެންޓް ކަސްޓަމަރުންނަށް ގަންނަ ކޮންމެ ރެނޯ 2 އެފްް ފޯނަކާއި އެކު ސޯޝަލް މީޑިއާ އަށް ހާއްސަ 2ޖީބީ ޑޭޓާ އާއި ޖޭބީއެލް ޓިއުން 115 ބީޓީގެ ވަޔަލެސް ހެޑްސެޓެއް ހިލޭ ލިބޭނެ އެވެ. އަދި ކޮންމެ އޮޕޯ އޭ 1 ކޭ އަދި އޮޕޯ އޭ 5 2020 ފޯނަކާ އެކު ސޯޝަލް މީޑިއާއަށް ހާއްސަ އެއް ޖީބީ ޑޭޓާ ހިލޭ ލިބޭނެ އެވެ. 

އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް އޮޕޯ ފޯން ބައްލަވައިގަންނަ ފަރާތްތަކަށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދެވޭނެ ކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް