ads
އަލިފާނުގެ ހާދިސާ ހިނގި މިސްކިތް---ފޮޓޯ:އެމްވީ ކްރައިސިސް
ވައިގޮޅީގައި ހުރި ކުނިތަކެއްގައި ރޯވެއްޖެ
ގެއެއްގެ ވައިގޮޅީގައި ހުރި ކުނިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެހާދިސާ ހިނގާފައިވަނީ އިއްޒުއްދީނު މަގުގައި ހުންނަ ކަކޮޅަސް ނަމަކަށް ކިޔާ ގެއެއްގައި ކަމަށެވެ. އަދި އެ އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ނަމަވެސް އިމާރާތުން ދުން އަރަމުންދާތީ އިތުރަށް ފަޔާ ޓީމުން ބަލަމުންދާ ކަމަށާއި އިމާރާތުން ދުން ބޭރު ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް