ads
ޕެލޭ އަދި އޭނާގެ ފައި
ޕެލޭގެ ފައި ފީފާގެ މިއުޒިއަމަށް! ހަގީގަތަކީ ކޮބާ؟
ބްރެޒިލްގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އެޑްސަން އަރަންޓޭސް ޑޫ ނާސިމެންޓޯ (ޕެލޭ) މަރުވީ މި ނިމުނު ޑިސެންބަރު މަހުގެ 29 ވަނަ ދުވަހުއެވެ. ޕެލޭ މަރުވިތާ ދެ ތިން ދިވަހުގެ ތެރޭގައި ފެތުރުނު އެއް އަޑަކީ ފީފާއިން ޕެލޭގެ ފައި ބުރިކޮށް އެ ޖަމިއްޔާގެ މިއުޒިމަކަށް ލާން އުޅޭ ވާހަކައެވެ. މިއާއެކު ޕެލޭގެ ބައެއް ފޭނުން ރުޅިގަދަވިއިރު، އަނެއްބަޔަކު އަންނަނީ މި ކަމަށް ޖޯކު ޖަހަމުންންވެ.

ސުވާލަކީ ޕެލޭގެ ފައި ހަމަ ހަގީގަތުގައި ވެސް މިއުޒިމަކަށް ލަނީހެއްޔެވެ؟ ނޫން ނަމަ ޕެލޭގެ ފައި ފަދަ ފައެއް ނަކަލުކޮށް މިއުޒިމަށް ލަނީހެއްޔެވެ؟ މިއީ ތެދެއް ނަމަ ހަމައެކަނި ޕެލޭގެ ފައި މިއުޒިމަށް ލާންވީ ކީއްވެހެއްޔެވެ؟

ޕެލޭގެ ފައި މިއުޒިއަމަށް ލާވަރަށް ހާއްސަތަ؟ 

ޕެލޭ މަޝްހޫރު ވެފައިވަނީ ހަލުވި އަދި ކުޅަދާނަ މީހެއްގެ ގޮތުގައެވެ. ނަމަވެސް ޕެލޭއާ ދިމާވި ބައެއް މީހުން ބުނެފައިވަނީ އޭނާގެ ފަޔާއި އެއްވަރަށް އަތަކީވެސް ހަލުވި އަދި ސަމާލުކަން ދަމައިގަންނަ ފަދަ އަތެއް ކަމަށެވެ. އަދި މުޅި ޕެލޭއަކީވެސް ބުންވަރު ގަދަ ހަލުވި އެތްލީޓެއް ކަމަށް އޭނާ ގާތުން ފެނި އޭނާއެކު މަސައްކަތް ކުރި މީހުން ބުނެއައިވެއެވެ. 

"ފައި އެކަންޏޭއް ނޫން. އަތަކީވެސް އެހާ ޝައުގުވެރި އަތެއް. މުޅި ޕެލޭ އަކީވެސް އަޖައިވެއް ފަދަ މީހެއް،" އޮސްޓްރޭލިއާގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ރޮބީ ސްލޭޓާ ޕެލޭއާ ގުޅޭގޮތުން ބުނެފައިވެއެވެ.

 

އުމުރުން 15 އަހަރުގައި ޕެލޭ ވަނީ ބްރެޒިލްގެ ކްލަބެއް ކަމަށްވާ ސަންޓޯސް އެފްސީއާ ގުޅިފައެވެ. އޭނާގެ ފުރަތަމަ މެޗުގައި ވެސް ވަނީ ގޯލެއް ޖަހާފަ އެވެ. އޭގެ އަހަރެއް ފަހުން އޭނާ ލީގުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައި، ބްރެޒިލްގެ ގައުމީ ޓީމުގެ ޖާގައެއް އޭނާ ކަށަވަރުކުރިއެވެ.

your imageޕެލޭ

1958 ވަނަ އަހަރު ސްވިޑެންގައި ބޭއްވި ވޯލްޑް ކަޕަކީ އުމުރުން އެންމެ 17 އަހަރުގެ ޕެލޭއަށް ލިބުނު ރަނުގެ ފުރުސަތެކެވެ.

ސްވިޑެންއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައި އޭނާ ޖެހި ދެ ގޯލް ހިމެނޭ ގޮތަށް އޭނާ މުޅި މުބާރާތުގައި ޖެހި ހަ ލަނޑުގެ ސަބަބުން ބްރެޒިލްއަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރެވުނެވެ. 

ވޯލްޑް ކަޕް ފައިނަލްގެ ތާރީހުގައި ވެސް އެންމެ ޒުވާން ގޯލް ޖެހި ކުޅުންތެރިޔާއަށް ޕެލޭ ވެގެން ދިޔައީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންތިހާއަށް މަގުބޫލުކަން ހޯދައިގެންނެވެ. 

މިހެންކަމުން ޕެލޭގެ ފައި ނޫނަސް މުޅި ޕެލޭއަކީ ވެސް މުހިންމުމީހެކެވެ. 

your imageޕެލޭ

ޕެލޭ ދުނިޔޭގެ ރެކޯޑުފޮތުގައި ވެސް ހިމެނޭ: 

ޕެލޭ ވަނީ 1956 އާއި 1977 ވަނަ އަހަރާ ދެމެދު ދުނިޔޭގެ ގިނިސް ރެކޯޑް މުގުރާލަން 1،283 ގޯލް (ނުރަސްމީ މެޗުތައް ހިމެނޭ ގޮތަށް) ޖަހައިފައެވެ. ލެޖެންޑަރީ ސްޓްރައިކަރަކަށް ޕެލޭ ވަނީ މިހެންވެގެންނެވެ. 

ޕެލޭ އަކީ ތިން ވޯލްޑް ކަޕް (1958، 1962 އަދި 1970) ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއެވެ.  އޭނާ އަކީ ބްރެޒިލްގެ ގައުމީ ޓީމުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. ޕެލޭ ވަނީ 92 މެޗުން 77 ގޯލް ޖަހައިފަ އެވެ.

your imageފުޓްބޯޅަ ލެޖެންޑް ޕެލޭ

ޕެލޭގެ ފައި ފީފާގެ މިއުޒިމަށް ލަނީތަ؟ 

ޓުވިޓާގައި އަދި އެހެނިހެން ޝޯސަލް މީޑިއާގައި އަޑު ފެތުރިފައިވާ ގޮތުން ޕެލޭގެ އާއިލާއިން ވަނީ ޕެލޭގެ ފައި ބުރިކޮށްލައި މިއުޒިއަމެއްގައި ބެހެއްޓުމަށް އެއްބަސްވެފައެވެ. ނަމަވެސް މިކަން ފީފާއިން ވެސް އަދި ޕެލޭގެ އާއިލާއިން ވެސް ކަށަވަރުކޮށެއް ނުދެއެވެ. އަދި މިފަދަ ރިޕޯޓެއް ވެސް ކުޅިވަރާ ގުޅުން ހުރި އެއްވެސް ރަސްމީ ނޫހަކުން ވެސް ރިޕޯޓުކޮށްފައެއް ނުވެއެވެ. މިހެންކަމުން ޕެލޭގެ ފައި ބުރިކޮށް މިއުޒިއަމަކަށް ލާ ވާހަކައަކީ ޝޯސލް މީޑިއާގައި ފަތުރާ ދޮގު ހަބަރެއްކަމަށް ބެލެއެވެއެވެ. 

your imageޕެލޭގެ ފައި އަދި ޕެލޭ

ޕެލޭގެ ޖަނާޒާ ޖެނުރައީ 1 އަދި 2 ވަނަ ދުވަހު، ބްރެޒިލްގައި ހުންނަ އޭނާގެ އުފަން ރަށުގައި ބާއްވާނެއެވެ. އޭނާގެ ހަށިގަނޑު ދެކިލައި، ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު މި ދެ ދުވަހު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. ޕެލޭ ވަޅުލުމުގެ ކުރިން އޭނާގެ މަންމަ ކައިރިއަށް ޕެލޭގެ ހަށިގަނޑު ގެންދާނެއެވެ. ޕެލޭގެ މަންމަގެ އުމުރުން މިހާރު 100 އަހަރު ވެއްޖެ އެވެ. ޕެލޭ ވަޅުލާނީ އޭނާގެ މަންމަ އޭނާއަށް އަލްވަދާއު ކިއުމުންނެވެ. 

ޕެލޭގެ ފައި ބުރިކޮށް މިއުޒިއަމަށްލާ ހަބަރަކީ ދޮގެއް ނަމަވެސް، ޕެލޭއަކީ ދުނިޔެ އަދި ނުދެކޭ ފެންވަރުގެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔެކެވެ. މުޅި ޕެލޭގެ ހަށިގަނޑު އެއްކޮށް މިއުޒިއަމަށް ލުން ވެސް ހައްގެވެ. ނަމަވެސް މި ހަފްތާތެރޭ ޕެލޭ ފަޔާ އެކު ވަޅުލާނެއެވެ. 

31%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
41%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް