ads
ނިއާ---
ނިއާ ޝަރުމާ ކައިވެނި ކުރަނީ؟
މަޝްހޫރު ޓީވީ އެކްޓަރެސް ނިއާ ޝަރުމާ ކައިވެނިކުރަން އުޅޭކަމަށް އަޑުތައް އަރަން ފަށައިފި އެވެ.

ނިއާ  ކައިވެނި ކުރަން އުޅޭކަމުގެ އަޑުތައް އަރާފައިވަނީ ދާދި ފަހުން ނިއާ އިންސްޓަގުރާމުން ކުރި ޕޯސްޓަކާ ގުޅިގެންނެވެ. 

އެގޮތުން އެ ޕޯސްޓުގައި އޭނާ ވަނީ އެންމެން ވެސް ކައިވެނިކުރުމުގެ ކުރިން އޭސީގެ ފިނި ހޫނު މިނާ ދޭތެރޭ މަޝްވަރާ ކުރަން ޖެހޭނެ ކަމަށެވެ. އަދި އެއީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ބައެއް މީހުން ބުނަމުން އަންނަނީ ނިއާ ކައިވެނި ކުރަން އުޅޭ ކަމުގެ އިޝާރާތެއް ކުރީ ކަމަށެވެ. ނަމަވެސް އަނެއް ބައި މީހުން ބުނަމުން އަންނަނީ އެއީ މީހުންގެ ސަމާލުކަން ހޯދުމަށްޓަކައި އޭނާ ކުރި ކަމެއް ކަމަށެވެ.

ނިއާ ޝަރުމާ ވަނީ މީގެ ކުރިން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި، ކިޔަވާފައި ހުރި ހަރުދަނާ މީހެއް ހޯދަމުން އަންނަ ކަމަށް ބުނެފައެވެ. އަދި އޭނާގެ އަގުވައްޓާލާ، އޭނާ އުޅޭ ގޮތަށާއި ލާ އެއްޗެއްސާ މެދު ހިތްހަމަނުޖެހޭ މީހަކު ބޭނުން ނުވާ ކަމަށް ވެސް ނިއާ ވަނީ ބުނެފަ އެވެ.

އުމުރުން 28 އަހަރުގެ ނިއާ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައި ވަނީ ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޝޯ، "އޭކް ހަޒާރޯން މޭ މޭރީ ބެހެނާ ހޭ" ގައި މާންވީގެ ރޯލުންނެވެ. އޭނާ ވަނީ ކަލާސް ޓީވީން މިހާރު ދައްކަމުން އަންނަ "އިޝްހް މޭ މަރްޖާވާން" ގައި އާރޮހީގެ ރޯލުން ވެސް ފެނިގެންގޮސްފަ އެވެ.

އޭގެ އިތުރުން ނިއާ ވަނީ ވެބްސީރީޒަކުން ވެސް ފެނިގެންގޮސްފަ އެވެ. އަދި ޓީވީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ނިއާއަށް އެ ދާއިރާއިން ބޮޑެތި ކާމިޔާބީތައް ވެސް ލިބިފައި ވެއެވެ. އޭނާ މިހާރު ފެނިގެން ދަނީ "ނާގިން 4" އިންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް